22 މާޗް 2022 - 05:48

ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަން ޑައިރެކްޓްކޮށް ނެރޭ ފިލްމު "ރަންވޭ 34" ގެ ޓްރެއިލާ ނެރެފި އެވެ.
ޕައިލެޓެއްގެ ރޯލުން އަޖޭ ފެންނާނެ އެ ފިލްމުގައި އަމީތާބު ބައްޗަން އާއި ޒުވާން ތަރި ރަކުލް ޕްރީތު ސިންގް އަދި ބޯމަން އިރާނީ ވެސް ފެންނާނެ އެވެ.
ވަރަށް ގޮތްދޫނުކުރާ ޕައިލެޓެއްގެ ރޯލުން އަޖޭ އެ ފިލްމުގައި ފެންނާނެއިރު، އެ ފިލްމުގައި ވަރަށް ނުރައްކާތެރި ދަނޑިވަޅެއްގައި އަޖޭ ފްލައިޓް ލޭންޑް ކުރި މައްސަލައެއް ތަހުގީގުކުރާ ކަންތައްތަކެއް ދައްކާނެ އެވެ. އޭނާ ފްލައިޓް ލޭންޑް ކުރަނީ އެކަން ނުކުރަން އަންގާފައި ވަނިކޮށެވެ.
އަމީތާބު އެ ފިލްމުގައި ފެންނާނީ އިންވެސްޓިގޭޝަން އޮފިސަރެއްގެ ރޯލުންނެވެ. ތިން މިނެޓްގެ އެ ޓްރައިލާގައި ވަނީ ފްލައިޓްގެ ތެރެ ހަލަބޮލިވެ ބިރުވެރިކަމެއްގެ ތެރޭގައި ތިބި މަންޒަރު ދައްކުވައި ދީފަ އެވެ.
ޓްރެއިލާ ލޯންޗިން އިވެންޓްގައި އެ ފިލްމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން، އަޖޭ ބުނީ އެ ފިލްމަކީ ލިޔުންތެރިޔާ ސަންދީޕް ކެވްލާނީ އާއި އާމިލް ކީޔަން ހާން ލިޔެފައިވާ ސްކްރިޕްޓެއް ކަމަށާއި އެމީހުން އެ ސްކްރިޕްޓް އޭނާ އަށް ދެ އަހަރު ކުރިން ހުށަހެޅި ކަމަށް ބުނެފަ އެވެ.
އެ ފިލްމު ސިނަމާތަކުގައި ދައްކަން ފަށާނީ އަންނަ މަހުގެ 29 ގަ އެވެ.