22 މާޗް 2022 - 05:49

މަޝްހޫރު ލަވަކިޔުންތެރިޔާ ކަމިލާ ކެބޭޔޯ އާ ވަކިވުމަށް ފަހު މިހާރު ވަރަށް ބޮޑަށް އެކަނިވެރިކަން އިހުސާސްކުރެވޭ ކަމަށާއި އެއީ ވަރަށް ދެރަވާ ކަމެއް ކަމަށް ލަވަކިޔުންތެރިޔާ ޝޯން މެންޑޭޒް ބުނެފި އެވެ.
ޝޯން އާއި ކަމިލާ ރައްޓެހިވެގެން އުޅުނު ވާހަކަ އަކީ މުޅި މީޑިއާގައި ވެސް ވަރަށް ގަދައަ ށް ދެކެވުނު ވާހަކައެކެވެ. އަދި މިދިޔަ އަހަރު ނޮވެމްބަރުގައި އެ ދެމީހުންގެ ގުޅުމަށް ނިމުމެއް އައިސްފައިވާ ކަމަށް އިއުލާންކުރި އެވެ.
އެއަށް ފަހު އެ ދެމީހުން އެކުވެރިންގެ ގޮތުގައި ތިބި ނަމަވެސް، މިހާރު ވަރަށް އެކަނިވެރިކަމެއް މިފަހުން ޝޯން ޓުވިޓާގައި ޕޯސްޓްކުރި ވީޑިއޯއެއްގައި ބުންޏެވެ. އެއީ އޭނާ ބިލްބޯޑަށް ދިން އިންޓަވިއުއެއްގެ ވީޑިއޯކޮޅެކެވެ.
"މިހާރު މިސާލަކަށް ކަމެއް ގޯސްވެގެން ގެއަށް ގޮސް ކަންތައް ބޮޑުވެގެން ވާހަކަ ދައްކަން ވެސް މީހަކު ނުހުންނާނެ. އޭރު ވެއްޖެޔާ އެނގޭ ކަމެއް ގޯސްވިޔަސް ކަމިލާ ހުންނާނެ ކަން އެހީވާން،" ޝޯން ކިޔައިދިނެވެ.
އެކުވެރިޔެއްގެ ގޮތުގައި ކަމިލާ ހުރި ނަމަވެސް ކުރިއެކޭ އެއްގޮތަށް ކަންތައްތައް ނޯންނާނެ ކަން އެނގުނީ ވަރަށް ފަހުން ކަމަށް ޝޯން ބުންޏެވެ. އަދި އެއީ އޭނާ ބޭނުންވާ ގޮތް ނޫން ކަމަށާއި އެކަނި ހުރިހާ ކަމެއް ކުރަން ޖެހުމުން ވަރަށް ރުޅިގަދަވާ ކަމަށް ވެސް ބުންޏެވެ.