ހެދުން އިސްތިރިކޮށް ފަތްޖަހާދޭ މެޝިނެއް
ހެދުން އިސްތިރިކޮށް ފަތްޖަހާދޭ މެޝިނެއް

ގޭތެރޭގެ މަސައްކަތުގެ ތެރެއިން އެންމެ އުނދަގޫ އެއް ކަމަކަށް ވެފައި އޮންނަނީ ދޮވެ އިސްތިރިކުރުމެވެ. މި ދިގު މަރުހަލާ ކުރުކޮށްލަން މިއީ ވަރަށް ފުރިހަމަ ބައިވެރިއެކެވެ.

ހެދުން އިސްތިރިކޮށް ފަތްޖަހާދޭ މެޝިނެއް
ހެދުން އިސްތިރިކޮށް ފަތްޖަހާދޭ މެޝިނެއް

މިއީ އަންނައުނު ހިއްކުމަށް ފަހު ފަތްޖެހުމަށް އެކަނި ހާއްސަ ރޮބަޓެއް ނޫނެވެ. ހެދުންތަކަށް މަޑުކަން ގެނެސްދިނުމަށް "ސޮފްޓްނާ" ޖެހުމާއި ހެދުމަށް "ސެންޓު ޖެހުން" ވެސް އެއީ މި ރޮބަޓުން ކޮށްދޭ ކަންކަމެވެ. މި ހުރިހާ ކަމަކަށް ނަގަނީ ސިކުންތުކޮޅެކެވެ.

މިއީ ދޮންނަ މެޝިނެއް ނޫނެވެ. ދޮވުމަށް ފަހު "ފޯލްޑިމޭޓް" ގެ ނަން ދީފައިވާ މެޝިނުގައިވާ ދަތީގައި ހެދުން އަޅުވާލަންވީ އެވެ. މި މެޝިނުގެ ޕްރޮމޯޝަނަލް ވީޑިއޯ އިން ފެންނަ ގޮތުގައި، ހެދުން މެޝިނުގައި އެޅުވުމާ މެޝިނު ތެރެއަށް ހެދުން ދަމައިގަނެ ހުރިހާ ކަމެއް ފުރިހަމަކޮށްލުމަށް ފަހު މެޝިނުން ބޭރުކޮށްލަނީ ވަރަށް ފުރިހަމަކޮށެވެ.

ރަނގަޅު ކަމަކީ އާދައިގެ މެޝިނުން އެއްފަހަރާ ދޮވެވޭހާ އެއްޗެހި މި މެޝިނުން ވެސް އެއްފަހަރުން ނިންމާލާ ކަމެވެ.

މި މެޝިނަށް ޕްރީ-އޯޑާކުރުމަށް ހުޅުވާލާނީ އަންނަ އަހަރު އެވެ. މި މެޝިނަށް ހާއްސަކޮށްފައިވާ ވެބްސައިޓުގައި ބުނެފައި ވަނީ އަގު އުޅޭނީ 700-850 ޑޮލަރާ ދެމެދުގައި ކަމަށެވެ.