20 މާޗް 2022 - 22:07

ޕިކަޕަކަށް އަރުވަގެން ގެންދަނިކޮށް، މަސްތުވާތަކެތި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ފުލުހުން މިރޭ އަތުލައިގެންފި އެވެ.
ޑްރަގްސް އަރުވައިގެން ދަނިކޮށް ފުލުހުން ސޯސަންމަގުން ޕިކަޕް ހިފެހެއްޓީ މިރޭ 8:30 ހާއިރު އެވެ.
އެ ޕިކަޕް ހިފެހެއްޓުމަށް ފަހު އޭގައި ހުރި ޑްރަގްސް ޕެކެޓްތައް މަގުމަތީ އަތުރައި ޕިކަޕް ފާސްކުރުމުގައި ފުލުހުން ގިނަ ވަގުތުތަކެއް ހޭދަކުރި އެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ފުލުހުން އަދި ވާހަކައެއް ނުދައްކަ އެވެ.
އަތުލައިގަތީ ކިހާ ޑްރްގްސްއެއް ކަމެއް އަދި އެއީ ކޮން ބާވަތެއްގެ ޑްރަގްސްއެއް ކަމެއް ވެސް ނޭނގެ އެވެ.
ފޮތޯތަކުން ފެންނަ ގޮތުގައި، ޑްރަގްސް ޕެކެޓްތައް ހުރީ ކަރުދާހު ފޮށިތަކަކަށް އަޅައިފަ އެވެ.
ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި ގިނަ އަދަދެއްގެ ޑްރަގްސް އަތުލައިގަނެ ފުލުހުން ވަނީ މި ފަހުން އެތައް ބަޔަކު ހައްޔަރުކޮށްފަ އެވެ. އެކަމަކު ޑްރަގްގެ ބޮޑެތި މައްސަލަތަކުގައި ދައުވާ ލިބޭ މީހުންނާއި ތުހުމަތުވާ މީހުންނަށް އެކި ސަބަބުތަކާ ހެދި ކޯޓުން ކުށް ސާބިތު ނުވެ އަދި އެކި މަރުހަލާތަކުން ދޫވުމުގެ ކަންބޮޑުވުން ފުލުހުން ފާޅުކުރެ އެވެ.