ކިރަން ވެސް ދަރިފުޅު ކައިރީގައި އަބަދު ކިޔަނީ މީހަކާ އިންނަން
ކިރަން ވެސް ދަރިފުޅު ކައިރީގައި އަބަދު ކިޔަނީ މީހަކާ އިންނަން

އިންޑިއާ ގޮޓް ޓެލެންޓްސް ޝޯގެ "ރިޝްތޭ ސްޕެޝަލް" އެޕިސޯޑުގައި އެ ޝޯގެ ޖަޖް، ކިރަން ކޭރްގެ ދަރިފުޅު ސިކަންދު ކޭރް ވަނީ ބައިވެރިވެފަ އެވެ. ފުރަތަމަ ފަހަރަށް މަންމައާ އެކު އޭނާ ސްކްރީނުން ފެނުނުއިރު، ކިރަން ހުރީ ދަރިފުޅުގެ މަސައްކަތްތަކާ މެދު ވަރަށް ހިތްހަމަޖެހިފަ އެވެ. އެކަމަކު އޭނާގެ ފަރާތުން ކިރަން އެދެނީ ހަމަ އެންމެ ކަމެކެވެ؛ އެއީ މީހަކާ އިނދެގެން، ދަނބި ދަރިއަކު ގެއަށް ގެންގޮސްދިނުމެވެ.

އެ ޝޯގައި ކިރަން ބުނީ ސިކަންދަރު އޭނާއާ އެކު ހުރުމުން ވަރަށް އުފާވާ ކަމަށާއި އެކަމަކު މިހާރު އެ އާއިލާގައި މަދުވަނީ އެންމެ ކަމެއް ކަމަށެވެ. އެއީ ދަނބި ދަރިއަކު ކަމަށް ބުނުމުން ސިކަންދަރު ހުރީ ލަދުން ހަލާކުވެފަ އެވެ.

ރަން ދުވަަހަކު ވެސް ސިކަންދަރަށް ހަޅޭލަވާ ހަދާތޯ އެ ޝޯގެ އެހެން ޖަޖެއް ކަމަށްވާ ލަވަކިޔުންތެރިޔާ، ބާދުޝާހް ސުވާލުކުރުމުން ސިކަންދަރު ބުނީ ކުޑައިރު އޭނާ އަކީ ވަރަށް ސިޔާސަ ކުއްޖެއް ކަމަށެވެ. އެހެންވެ އެ ކަންކަމާ ވެސް ކުރިމަތިލާން ޖެހުނު ކަމަށެވެ.

އެ ޝޯގެ ޓީޒާކޮޅު ސިކަންދަރު އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރުމުން އޭނާގެ ރައްޓެހިން ބުނީ އެމީހުން "ވަރަށް ކިއުޓް" ކަމަށެވެ.

ސިކަންދަރަކީ ކިރަންގެ ހުރި ހަމައެކަނި ދަރިފުޅެވެ. އުމުރުން މިހާރު 40 އަހަރުގެ ސިކަންދަރު އެންމެ ފަހު ފެނުނީ ޑިޒްނީ ހޮޓްސްޓާގެ ޝޯ، "އާރްޔާ 2" އިންނެވެ.