އެމްއައި ކޮލެޖުގެ ރޮބޮޓިކްސް ޕްރޮގްރާމް ފަށައިފި
އެމްއައި ކޮލެޖުގެ ރޮބޮޓިކްސް ޕްރޮގްރާމް ފަށައިފި

މިއާންޒް އިންޓަނޭޝަނަލް ކޮލެޖް (އެމްއައި ކޮލެޖު) ގެ ރޮބޮޓިކްސް ޕްރޮގްރާމް މިއަދު ފަށައިފި އެވެ.

އެމްއައި ކޮލެޖުގެ ރޮބޮޓިކްސް ޕްރޮގްރާމް ފަށައިފި
އެމްއައި ކޮލެޖުގެ ރޮބޮޓިކްސް ޕްރޮގްރާމް ފަށައިފި

ހުޅުމާލޭގެ ކެމްޕަހުގައި ގާއިމު ކޮށްފައިވާ ހާއްސަ ލެބްގައި ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި ބައިވެރިކޮށްފައި ވަނީ ސްކޫލް ކުދިންނެވެ.

އެމްއައި ކޮލެޖުގެ ރޮބޮޓިކްސް ޕްރޮގްރާމް ފަށައިފި
އެމްއައި ކޮލެޖުގެ ރޮބޮޓިކްސް ޕްރޮގްރާމް ފަށައިފި

އެ ލެބުގައި އެއްފަހަރާ 12 ކުދިންނަށް ކިޔެވޭއިރު ފުރަތަމަ ދެ ބެޗުގއި 24 ކުދިން ބައިވެރިވެ އެވެ.

އެމްއައި ކޮލެޖުގެ ރޮބޮޓިކްސް ޕްރޮގްރާމް ފަށައިފި
އެމްއައި ކޮލެޖުގެ ރޮބޮޓިކްސް ޕްރޮގްރާމް ފަށައިފި

ހަތަރު މަސް ދުވަހަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމުގައި ހަތަރު ލެވަލަކަށް ކިޔަވައިދޭނެ އެވެ. ކޯސް ނިމޭއިރު ކުދިންނަށް ޕްރޮގްރާމިން ދަސްވެ، ކޯޑު ބޭނުން ކޮށްގެން އަމިއްލަ ޕްރޮޖެކްޓްތައް ހެދޭނެ ކަމަށް އެމްއައި ކޮލެޖުން ބުންޏެވެ.

ޕްރޮގްރާމް ފެށުމުގެ ގޮތުން ޕްރޮގްރާމުގެ ބައިވެރިންނާއި އެ ކުދިންގެ ބެލެނިވެރިންނަށް މިއަދު ވަނީ މައުލޫމާތު ސެޝަނެއް ބާއްވައިފަ އެވެ. ދަސްވާނެ ހުނަރުތަކާއި ކުދިންނަށް ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން އެ ސެޝަންގައި މަޝްވަރާކުރި އެވެ.

އެ ކޮލެޖުގެ ޗެއާމަން އަހުމަދު މޮއްތަކީ ވިދާޅުވީ، އެއީ ސްކޫލް ދައުރުން ފެށިގެން ކުދިން ރޮބޮޓިކްސް ދާއިރާ އިން ކުރިއަރުވަން ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ. އެ ޕްރޮގްރާމުގައި ބައިވެރިވާ ކުދިންނަށް ކުރިމަގުގައި އިތުރު ފުރުސަތުތައް ވެސް ފަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިފަދަ ޕްރޮގްރާމްތައް ދުނިޔޭގެ އެކި ގައުމުތަކުގައި ހިންގާ. މިލިއަނުން ސްކޫލް ކުދިން މި ޕްރޮގްރާމުތަކުގައި ބައިވެރިވޭ. މިއީ މި ދާއިރާ އިން ޝައުގުވެރިކަން ހުންނަ ކުދިންގެ ހުނަރުތައް ކުރިއަރުވައި ކުރިއަށް ދާން ލިބޭ ވަރަށް ބޮޑު ފުރުސަތެއް،" އެމްއައި ކޮލެޖުން ފުރަތަމަ ފަހަރަށް ހިންގާ ރޮބޮޓިކްސް ޕްރޮގްރާމާ ގުޅޭ ގޮތުން އަހުމަދު ވިދާޅުވި އެވެ.

ހުޅުމާލެ ކެމްޕަހުގައި އެ ޕްރޮގްރާމް މި ވަގުތު ފެށި ނަމަވެސް އެމްއައި ކޮލެޖުން ރާވާފައި ވަނީ ކުރިމަގުގައި ކޮލެޖުގެ އެހެން ކެމްޕަސްތަކަށް ވެސް ފުޅާކުރުމަށެވެ.

އެމްއައި ކޮލެޖުގެ ރޮބޮޓިކްސް ޕްރޮގްރާމުގައި ބައިވެރިވާ ކުދިންނަށް ބޭނުންވާ ކިޓް ވެސް އެ ކޮލެޖުން ދޭނެ އެވެ.

ޕްރޮގްރާމަށް ލިބޭ ތަރުީބަށް ބަލައި އެކި އުމުރުފުރާތަކަށް ބަހާލައިގެން އިތުރު ފުރުސަތުތައް ހުޅުވާލާނެ ކަމަށް އެމްއައި ކޮލެޖުން ބުނެ އެވެ.