އަޑަށް ވުރެ 10 ގުނަ ބާރަށް ދަތުރުކުރާ ހައިޕަސޮނިކް މިސައިލް ރަޝިޔާ އިން ބޭނުންކޮށްފި
އަޑަށް ވުރެ 10 ގުނަ ބާރަށް ދަތުރުކުރާ ހައިޕަސޮނިކް މިސައިލް ރަޝިޔާ އިން ބޭނުންކޮށްފި

ކިޔޭވް (މާޗް 19) - ރަޝިޔާ އިން ފުރަތަމަ ފަހަރަށް ކިންޒަލް ހައިޕަސޮނިކް މިސައިލް، ޔުކްރޭނާ ދެކޮޅަށް ބޭނުންކޮށްފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ހައިޕަސޮނިކް މިސައިލް ބޭނުންކޮށްފައި ވަނީ ޔުކްރޭނުގެ ހުޅަނގުގައި ހުރި ހަތިޔާރު ގުދަނެއް ހަލާކުކޮށްލުމަށެވެ.

ހަނގުރާމައެއްގައި ހައި-ޕްރިސިސަން ހަތިޔާރު މީގެ ކުރިން ބޭނުންކޮށްފައިވާ ކަމަށް ރަޝިޔާ އިން އެއްބަސްވެފައެއް ނުވެ އެވެ.

ރަސްމީ ނޫސް އެޖެންސީ ރިއާ ނޮވޮސްޓިއާ އިން ބުނީ މިއީ ރަޝިޔާ އިން ކިންޒަލް ހައިޕަސޮނިކް މިސައިލް ޔުކްރޭނާ ދެކޮޅަށް ބޭނުންކުރި ފުރަތަމަ ފަހަރު ކަމަށެވެ.

"ހައިޕަސޮނިކް އެއާރޯ ބެލިސްޓިކް މިސައިލް ހިމެނޭ ކިންޒަލް އޭވިއޭޝަން މިސައިލް ސިސްޓަމުގެ އެހީގައި އިވާނޯ-ފްރޭންކިވްސްކް ސަރަހައްދުގެ ބިމުއަޑީގައި އޭވިއޭޝަން އިމިއުނިޝަން އާއި މިސައިލް ރައްކާކޮށްފައި ހުރި ތަނެއް ވަނީ ގޮއްވާލާފައި،" ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުންޏެވެ.

ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވެފައި ވަނީ އަޑަށް ވުރެ 10 ގުނަ ބާރަށް ދަތުރުކުރާ ކިންޒަލް މިސައިލް އަކީ "ވަރަށް އެކަށީގެންވާ" އަދި އެއާ ޑިފެންސް ސިސްޓަމް ފަހަނަޅައި ދަތުރުކުރެވޭ ހަތިޔާރެއް ކަމަށެވެ.

ކިންޒަލް އަކީ 2018 ވަނަ އަހަރު ޕުޓިން ދެއްވި ރިޔާސީ ބަޔާނުގައި ދައްކާލި ހަތިޔާރެކެވެ.