ގައުމީ މުބާރާތް މިލްކުކޮށް ބާސްކެޓްގެ "ރަސްކަން" ކިންގްސްއިން ދަމަހައްޓައިފި
ގައުމީ މުބާރާތް މިލްކުކޮށް ބާސްކެޓްގެ "ރަސްކަން" ކިންގްސްއިން ދަމަހައްޓައިފި

ފައިނަލުގައި ރެޑް ވިންގްސް ބާސްކެޓްބޯޅަ ކްލަބްގެ މައްޗަށް ކާމިޔާބު ހޯދައި ބާސްކެޓްގެ ގައުމީ މުބާރާތުގެ ތަށި ވެސް މިލުކުކޮށް ބާސްކެޓްބޯޅައިގެ "ރަސްކަން" ކިންގްސް ބާސްކެޓްބޯޅަ ކްލަބުން ދަމަހައްޓައިފި އެވެ.

ގައުމީ މުބާރާތް މިލްކުކޮށް ބާސްކެޓްގެ "ރަސްކަން" ކިންގްސްއިން ދަމަހައްޓައިފި
ގައުމީ މުބާރާތް މިލްކުކޮށް ބާސްކެޓްގެ "ރަސްކަން" ކިންގްސްއިން ދަމަހައްޓައިފި

އެއްހަފުތާ ކުރިން ކިންގްސް އިން ވަނީ ގައުމީ ލީގު ވެސް މިލުކުކޮށްފަ އެވެ. ސޯޝަލް ސެންޓަރރުގެ އިންޑޯ ހޯލްގައި މިރޭ ކުޅުނު މެޗު ކިންގްސްއިން ކާމިޔާބު ހޯދީ 88-74 ންނެވެ.

ގައުމީ މުބާރާތް މިލްކުކޮށް ބާސްކެޓްގެ "ރަސްކަން" ކިންގްސްއިން ދަމަހައްޓައިފި
ގައުމީ މުބާރާތް މިލްކުކޮށް ބާސްކެޓްގެ "ރަސްކަން" ކިންގްސްއިން ދަމަހައްޓައިފި

މެޗުގެ ފުރަތަމަ ޕީރިއަޑްގައި ޑޮމިނޭޓް ކުރީ ރެޑް ވިންގްސް އެވެ. އެޕީރިއަޑްގައި އެޓީމުން 20 ޕޮއިންޓްގެ ލީޑެއް ވެސް ނެގި އެވެ. އެޕީރިއަޑްގައި ރެޑްވިންގްސްއިން 25 ޕޮއިންޓް ހޯދި އިރު ކިންގްސް އަށް ހޯދުނީ 15 ޕޮއިންޓެވެ. އެކަމަކު ފަހު ތިން ޕީރިއަޑްގައި ކުރިހޯދީ ކިންގްސް އެވެ.

ދެވަނަ ޕީރިއަޑްގައި ކިންގްސްއިން ވަނީ 25 ޕޮއިންޓް ހޯދައިފަ އެވެ. ސައިކްލޯން އަށް ހޯދުނީ 18 ޕޮއިންޓެވެ. ނަތީޖާ ކިންގްސްކޮޅަށް އެނބުރުނީ ތިންވަނަ ޕީރިއަޑްގަ އެވެ. އެޕީރިއަޑްގައި އެޓީމުން 21 ޕޮއިންޓް ހޯދި އެވެ. ރެޑް ވިންގްސް އަށް ހޯދުނީ 13 ޕޮއިންޓެވެ. ފަހު ޕީރިއަޑުގައި ރެޑް ވިންގްސް ފެނުނީ ދަށްކޮށެވެ. އެޕީރިއަޑަކީ ކިންގްސްއިން އެންމެ ގިނަ ޕޮއިންޓް ހޯދި ޕީރިއަޑެވެ. އެޓީމުން 27 ޕޮއިންޓް ހޯދި އެވެ. ރެޑް ވިންގްސް އަށް ހޯދުނީ 18 ޕޮއިންޓެވެ.

ދެ ޓީމުގެ ވެސް ތަފާތަކަށް ވީ ޓީމުގެ ބިދޭސީ ކުޅުންތެރިންނެވެ. ކިންގްސް އާލޮންޑޯ ކުކް އާއި ޑެކޮރޭ އާރޮން ޖޯންސް ވަނީ ގިނަ ޕޮއިންޓްތަކެއް ސްކޯކޮށްފަ އެވެ. ރެޑް ވިންގްސްގެ ތޯމަސް މާލިކް ވަނީ އެޓީމަށް ގިނަ ޕޮއިންޓްތަކެއް ސްކޯކޮށްދީފަ އެވެ.

މިއީ ގައުމީ މުބާރާތުގެ ފައިނަލަށް ރެޑް ވިންގްސް ދަތުރު ކުރި ފުރަތަމަ ފަހަރެވެ. އެޓީމު ފައިނަލަށް ދަތުރުކުރީ ތިންވަނަ ސެމީފައި ފައިނަލުގައި ބާސްކެޓްގެ ގަދަބާރު ޓީރެކްސް ބަލި ކުރުމަށް ފަހު އެވެ. ފުރަތަމަ ސެމީގައި ކިންގްސް ވަނީ ޓީރެކްސް ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފަ އެވެ.