ރަޝިޔާ އަށް އެހީނުވާން ޗައިނާ އަށް އެމެރިކާގެ އިންޒާރު
ރަޝިޔާ އަށް އެހީނުވާން ޗައިނާ އަށް އެމެރިކާގެ އިންޒާރު

ވޮޝިންޓަން (މާޗް 18) - ޔުކްރޭނާ ދެކޮޅަށް މިހާރު ފަށާފައިވާ ހަނގުރާމައިގައި ރަޝިޔާ އަށް އަސްކަރީ ގޮތުން އެއްވެސް އެހީތެރިކަމެއް ފޯރުކޮށް ނުދިނުމަށް ޗައިނާ އަށް އެމެރިކާ އިން އިންޒާރު ދޭނެ ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން އަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން މިއަދު ކުރައްވާ ފޯނު ކޯލުގައި ބެއިޖިންގެ ކިބައިން އެންމެ ބޮޑަށް އެދޭނެ ކަމަކީ ދުނިޔެއާ މިހާރު އެކަހެރި ކުރަމުންދާ ރަޝިޔާ އަށް ޗައިނާ އިން އެއްވެސް މަދަދެއް ނުދިނުމަށެވެ.

ޔުކްރޭނަށް ރަޝިޔާ އިން އަރައި ދޭ ހަމަލާތައް ޗައިނާ އިން ކުށްވެރިކޮށްފައި ނުވާތީ އެމެރިކާގެ އޮފިޝަލުން ވަނީ ފާޑުކިޔައިފަ އެވެ.

ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އަކީ "ސީދާ ތަގެއް" ކަމަށް ރައީސް ބައިޑަން އިއްޔެ ވަނީ ވިދާޅުވެފަ އެވެ. އަދި ޕުޓިން އަކީ މީހުން މަރާ ޑިކްޓޭޓަރެއް ކަމަށް ވިދާޅުވި އެވެ. އޭގެ ކުރިން ބައިޑަން ވަނީ ޕުޓިން އަކީ ހަނގުރާމައިގެ ކުށްވެރިއެއް ކަމަށް ވިދާޅުވެފަ އެވެ.

ބައިޑަންގެ ވާހަކަތަކަށް ރައްދު ދެއްވައި ކްރެމްލިންގެ ތަރުޖަމާން ވިދާޅުވީ އެއީ އެއްވެސް ގޮތަކުން ބަލައިގަނެވޭނެ ދަރަޖައެއްގެ ވާހަކަތަކެއް ނޫން ކަމަށެވެ.