18 މާޗް 2022 - 17:03

ކިޔޭވް (މާޗް 18) - ރަޝިޔާ އިން ޔުކްރޭނަށް އަރައި ހަމަލާ ދޭން ފެށިތާ 23 ވަނަ ދުވަހަށް އެޅި އިރު ރަޝިޔާ ސިފައިންގެ 14،200 މީހުން މިހާތަނަށް މަރާލާފައިވާ ކަމަށް ޔުކްރޭނުގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
ޔުކްރޭނުން އެހެން ބުނި ނަމަވެސް ހަނގުރާމައިގައި ލިބޭ ގެއްލުންތައް އެއްވެސް ގައުމަކުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް މި މަހު 3 ވަނަ ދުވަހު ކުރި އަޕްޑޭޓެއްގައި ރަޝިޔާ އިން ވަނީ އެ ގައުމުގެ 498 ސިފައިން މަރުވި ކަމަށް ބުނެފަ އެވެ. އެކަމަކު އޭގެ ފަހުން ހަނގުރާމައިގައި ލިބޭ ގެއްލުމާ ގުޅޭ އެއްވެސް މައުލޫމާތެއް އެ ގައުމުން ހާމަކޮށްފައެއް ނުވެ އެވެ.
އެމެރިކާގެ ކަމާބެހޭ އޮފިޝަލުން ލަފާކުރާ ގޮތުގައި ހަނގުރާމައިގައި މިހާތަނަށް ރަޝިޔާގެ 7،000 މީހުން މަރުވެ 14،000 މީހުން ޒަޚަމްވެފައިވާނެ އެވެ.
- މަރުވި ސިފައިންގެ އަދަދު: 14،200
- ހަލާކުކޮށްލި ޓޭންކުގެ އަދަދު: 450
- ހަލާކުކޮށްލި މަތިންދާބޯޓުގެ އަދަދު: 93
- ހަލާކުކޮށްލި ހެލިކޮޕްޓަރުގެ އަދަދު: 112
- ހަލާކުކޮށްލި އެންޓި-އެއާކްރާފްޓް ސިސްޓަމްގެ އަދަދު: 43