18 މާޗް 2022 - 00:58

މޯލްޑިވްސް ސްޕޯޓްސް އެވޯޑުގެ އަހަރުގެ ކުޅިވަރު ޝަހުސިއްޔަތުގެ މަގާމަށް ދުންވެރިޔާ ހަސަން ސާއިދު އާއި ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަބްދުއް ރައްޒާގު މިރޭ ހޮވައިފި އެވެ.
ސާއިދު ވަނީ އަހަރުގެ ސްޕޯޓްސްމަން އޮފް ދި އިޔާ އެވޯޑް ހޯދައިފަ އެވެ. ނަބާހާ ވަނީ އަހަރުގެ ސްޕޯޓްސް ވުމަން އޮފް ދަ އިޔާ އެވޯޑް ހޯދައިފަ އެވެ. ސްޕޯޓްސް އެވޯޑްގައި އެންމެ އުއްމީދީ އަންހެން އެތުލީޓްގެ އެވޯޑް ހޯދީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އެވެ. އުއްމީދީ ފިރިހެން އެތުލީޓުގެ އެވޯޑް ހޯދީ ނިބާލް އަހްމަދު އެވެ.
ސްޕޯޓްސްމަން އޮފް ދި އިޔާ އެވޯޑްގައި ސާއިދުއާ އާވާދަކުރީ ބެޑްމިންޓަން ކުޅުންތެރިޔާ ހުސައިން ޒަޔާން ޝަހީދު ޒަކީ އާއި ވޮލީ ކުޅުންތެރިޔާ އާދަމް ނަސީމް (އެޑަމް) އެވެ. ޒަޔާން އަށް ލިބުނީ ދެވަނަ އެވެ. ސްޕޯޓްސްވުމަން އޮފް ދި އިޔާ އެވޯޑްގައި ނަބާހާއާ ވާދަކުރީ އޭނާގެ އެއްމާބަނޑު ދައްތަ ފާތިމަތު ނަބީހާ އަބްދުއްރައްޒާގާއި ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އެވެ.
އިންޓަނޭޝަނަލް އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރަން މި ވަގުތު ސާއިދު ސާބިއާގައި ހުރުމުން އޭނާގެ ފަރާތުން އެވޯޑާ ހަވާލުވީ އެތުލެޓިކްސް ކޯޗު ހުސައިން ހަލީމް އެވެ.
ޒުވާން އެތުލީޓުންނަށް ދޭ އެންމެ އުންމީދީ އެތުލީޓް ނުވަތަ ޕްރޮމިސިން އެވޯޑް ހާސިލު ކުރީ ދީމާ އާއި ބެޑްމިންޓަން ކުޅުންތެރިޔާ ނިބާލް އަހްމަދު އެވެ. އުއްމީދީ އަންހެން އެތުލީޓް އެވޯޑްގައި ދެވަނަ ހޯދީ އައިޝަތު ހިމްނާ ހަސަން އެވެ. ތިން ވަނަ އަކީ އާއިޝަތު ރަފާ ނާޒިމް އެވެ. ޕްރޮމިސިން ފިރިހެން އެތުލީޓްގެ އެވޯޑްގައި ދެވަނަ ހޯދީ ދުވުންތެރިޔާ އިބާދުﷲ އާދަމް އެވެ. ތިންވަނަ ހޯދީ ފެތުންތެރިޔާ އަލީ އިމްއާން އެވެ.
ހާއްސަ އެހީ އަށް ބޭނުންވާ އެތުލީޓުންނަށް ދޭ ސްޕެޝަލީ އޭބަލްޑް އެންމެ މޮޅު އަންހެން އެތުލީޓް އެވޯޑް ހޯދީ ބެޑްމިންޓަން ކުޅުންތެރިޔާ ހައްވާ އީޝަލް ރިޔާޒު އެވެ. ސްޕެޝަލީ އޭބަލްޑް އެންމެ މޮޅު ފިރިހެން އެތުލީޓް އެވޯޑް ހޯދީ ދުވުންތެރިޔާ މުހައްމަދު މާޒިން އެވެ.
ބައެއް ކުޅިވަރުތަކުން ވަނީ އެންމެ ކެޓަގަރީއަކުން އެތުލީޓުން ހޮވައިފަ އެވެ. އެގޮތުން ނެޓްބޯޅައިން ހޮވީ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ އެކަންޏެވެ. އެންމެ މޮޅު ނެޓްބޯޅަ ކުޅުންތެރިޔަކަށް ހޮވުނީ އާމިނަތު ރަބާބް އިބްރާހިމް އެވެ. ސާފިން އާއި ބޯޑީ ބޯޑިން އަދި ބޮޑި ބިލްޑިންއިން އަދި ކްރިކެޓުން ހޮވީ އެންމެ މޮޅު ފިރިހެން އެތުލީޓުންނެވެ. ސާފިންގެ އެންމެ މޮޅު އެތުލީޓަކަށް ހޮވުނީ ހުސައިން އަރީފް (އިބޫ) އެވެ. އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ އެވޯޑް ހޯދީ އާދަމް ނާސިފް އުމަރު (އާދަޅޭ) އެވެ. ބޮޑީ ބޯޑިން އެވޯޑް ހޯދީ އަލީ ހުޝްރުވާން އަހްމަދު (ކުޑަ އައްޔަ) އެވެ. ބޮޑީ ބިލްޑިން އެއްވަނަ އެތުލީޓަށް ހޮވުނީ މުހައްމަދޫ މޫސާ (މޯޑް) އެވެ.
- އަންހެން ބާސްކެޓް ކުޅުންތެރިޔާ: ފާތިމަތު ރިޝްމާ
- ފިރިހެން ބާސްކެޓް ކުޅުންތެރިޔާ: އަބްދުﷲ އަމްޒަރު މުހައްމަދު
- އަންހެން ފުޓްބޮޅަ ކުޅުންތެރިޔާ: ގައުމީ ޓީމުގެ ކީޕަރު އާމިނަތު ލީޒާ (ލިޒީ)
- އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާ: ހަމްޒާ މުހައްމަދު (ހަމްޕް)
- އަންހެން ފެތުންތެރިޔާގެ އެވޯޑް ހޯދީ: އައިޝަތު ސައުސަން
- ފިރިހެން އެންމެ މޮޅު ފެތުންތެރިޔާގެ އެވޯޑް ހޯދީ: އަލީ އިމްއާން
- އެންމެ މޮޅު އަންހެން ކުޅުންތެރިޔާ: ނަޝްފާ އާމިރާ
- އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާ: މުހައްމަދު ފިރުނާސް އަބްދުﷲ
- އެންމެ މޮޅު އަންހެން ކުޅުންތެރިޔާ: އާމިނަތު ފަތުހީ
- އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާ: ހަސަން ޝާޒް މުހައްމަދު
- އެންމެ މޮޅު އަންހެން ކުޅުންތެރިޔާ: އާމިނަތު ވިދާދު
- އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާ: އިސްމާއީލް އަޒުމީން
- އެންމެ މޮޅު އަންހެން ކުޅުންތެރިޔާ: ނަބާ ނިޝާން
- އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާ: އަބްދުﷲ ފާއިހް ފަޒީލް (ފާއީ)
- އެންމެ މޮޅު އަންހެން ކުޅުންތެރިޔާ: ހައްވާ ރާޝިދާ
- އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާ: އާދަމް ނަސީމް
- އެންމެ މޮޅު އަންހެން ކުޅުންތެރިޔާ: ފާތިމަތު ދީމާ އަލީ
- އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާ: މޫސާ މުންދިފް އަހްމަދު
- އެންމެ މޮޅު އަންހެން ކުޅުންތެރިޔާ: ފާތިމަތު ނަބާހާ އަބްދުރައްޒާގް
- އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާ: ހުސައިން ޒަޔާން ޝަހީދު ޒަކީ
- އެންމެ މޮޅު އަންހެން ކުޅުންތެރިޔާ: ނިހާ މުހައްމަދު
- އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާ: މުހައްމަދު ޝުއާއު
- އެންމެ މޮޅު އަންހެން އެތުލީޓް: އާސިފާ ޖައުފަރު
- އެންމެ މޮޅު އަންހެން އެތުލީޓް: ޒިޔާން ޒިޔާއު
- އެންމެ މޮޅު އަންހެން އެތުލީޓް: އައިޝަތު ހިމްނާ ހަސަން
- އެންމެ މޮޅު ފިރިހެން އެތުލީޓް: ހަސަން ސާއިދު
ސްޕޯޓްސް މެޑިކް އެވޯޑް، ހާސިލު ކުރީ ގައުމީ ފުޓްބޯޅަ ޓީމުގެ މެޑިކް ޑރ. އަބްދުﷲ ރާފިއު، އެންމެ މޮޅު ޓެކްނިކަލް އޮފިޝަލް އެވޯޑް ހާސިލު ކުރީ ހައްވާ އަބްދުލް މަޖީދު އަދި އަހްމަދު ޝީހާމެވެ. ދެވަނަ ހޯދީ އަހްމަދު މުންތަގިމް އެވެ. ތިންވަނަ ހޯދީ ބުންޔާމީން ޔޫސުފް އެވެ. އެންމެ މޮޅު އަންހެން ކޯޗުގެ އެވޯޑް ހާސިލު ކުރީ ނެޓްބޯޅަ ކޯޗު ނީޝާ ހަލީމް އެވެ. ދެވަނަ ހޯދީ އެތުލެޓިކްސް ކޯޗް ޔަޒްނީ ނަޝީދާ (ޔަޒޫ) އެވެ. އެންމެ މޮޅު ފިރިހެން ކޯޗުގެ އެވޯޑް ހޯދީ، އެތުލެޓިކްސް ކޯޗު އަހްމަދު ފާއިލް އެވެ. ދެވަނަ ހޯދީ ވޮލީ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ. ތިންވަނަ ހޯދީ ފުޓްބޯޅަ ކޯޗު މުހައްމަދު އާތިފް (އާތީ) އެވެ.
އެންމެ މޮޅު އެސޯސިއޭޝަންގެ އެވޯޑް ހޯދީ، ޓޭބަލް ޓެނިސް އެސޯސިއޭޝަން އެވެ. މީޑިއާ އޮންލައިން އެވޯޑް ހޯދީ، "މިހާރު" އެވެ. ބްރޯޑްކާސްޓިން މީޑިއާގެ އެވޯޑް ހޯދީ ޕީއެސްއެމް އެވެ. ސްޕޯޓްސް ޖާނަލިސްޓް އެވޯޑް، ހާސިލު ކުރީ ހުސައިން ފަރިޔާޒު އެވެ. ފޮޓޯ ޖާނަލިސްޓް އެވޯޑް ހޯދީ މުހައްމަދު ޝަރްހާން އެވެ.
- ބަންގްލަދޭޝްގެ ސަރުކާރު.
- ސްރީ ލަންކާގެ ސަރުކާރު.
- ސައުދީ އަރަބިޔާގެ ސަރުކާރު.
- ޗަމްޕާ ހުސައިން އަފީފް.
- ކްރައުން ކުންފުނީގެ ޗެއާމަން އަދި ޓެނިސް އެސޯސިއޭޝަންގެ ކުރީގެ ރައީސް އަހުމަދު ނަޒީރު.
- ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް
- ކުރީގެ ނައިބު ރައީސް އަދި ކުރީގެ ސްޕޯޓްސް މިނިސްޓަރު މުހައްމަދު ވަހީދުއްދީން،
- ކުރީގެ ސްޕޯޓްސް މިނިސްޓަރު މަރްހޫމް އުމަރު ޒާހިރު
- ކުރީގެ ސްޕޯޓްސް މިނިސްޓަރު ޑރ. މުހައްމަދު ޒާހިރު ހުސައިން
- އޮލިމްޕިކް ކޮމިޓީގެ ކުރީގެ ޗެއާމަން މަރުހޫމް މުހައްމަދު ޒާހިރު ނަސީރު
- އޮލިމްޕިކް ކޮމިޓީގެ ކުރީގެ ޗެއާމަން އިބްރާހިމް އިސްމާއީލް
- އެތުލެޓިކްސް އެސޯސިއޭޝަންގެ ކުރީގެ ރައީސް މައިޒާން އަލި މަނިކު
- ޓެނިސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ކުރިން ހިންގެވި ގ. ކެނެރީގޭ އަބްދުއް ސައްތާރު
- މަރްހޫމް ބާނީ ޔޫސުފްފުޅު
- ކްރިކެޓުގެ ހިދުމަތްތެރިޔާ ފާއިޒު ސަމަދު
- ކުރީގެ ފީފާ އެސިސްޓެންޓް ރެފްރީ މުހައްމަދު ސައީދު
- ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކިޓް މެނޭޖަރު ހަސަން ނިޒާރު (ބޮޑޭ)،
- ޔޫތު ފުޓްބޯޅަ ކޯޗު ހަމްދުﷲ ފެނާންޑޯ،
- ފުޓްބޯޅައިގެ ހިދުމަތްތެރިޔާ މަރްހޫމް އަލީ ނަސީމް
- ކުޅިވަރުގެ ހިދުމަތްތެރިޔާ މަރްހޫމް މާދިހް އިސްމާއީލް
ސްޕޯޓްސް އައިކޮން އެވޯޑް ދީފައިވަނީ ސްޕޯޓްސް އެވޯޑަށް ދައުވަތު ދީފައިވާ ބޭރުގެ ލެޖެންޑުންނަށެވެ. އޭގެ ތެރޭގައި ހިމެނެނީ ރޮބާޓޯ ކާލޯސް، ފެބްރިޒިއޯ ރޮމާނާ، މިޝޭލް ސަލްގާޑޯ، ސުރޭޝް ރެއިނާ، ޖިލްބާޓޯ އައުރީ (ގިބާ) އަލްބީން އޯޝަން، ޝާރާ ސްޓްރަޝްޝޯން، ތަރުޖީނީ ސިވަލިންގަމް، ޒޯރާން ފްރައިމެރެކް، ގާޑާން ރީޑް، ލޫސީ ޝަކާ، ހަލީލޯ ފޮޓީގާ، މާކޮސް މާކް، ސަނަތު ޖަޔަސޫރިއާ، އެޑްގާ ޑާވިޑްސް، އަސަފާ ޕޯލް އެވެ.