ޓްރީ ޓޮޕް ހޮސްޕިޓަލުން އޯޕަން ޑޭއެއް ބާއްވަނީ
ޓްރީ ޓޮޕް ހޮސްޕިޓަލުން އޯޕަން ޑޭއެއް ބާއްވަނީ

ޓްރީ ޓޮޕް ހޮސްޕިޓަލުން އޯޕަން ޑޭއެއް މާދަމާ ފަށަން ނިންމައިފި އެވެ.

އެ ހޮސްޕިޓަލުން ބުނީ މާދަމާ ފަށާ އޯޕަން ޑޭގެ ހަރަކާތްތައް ހޮނިހިރު ދުވަހު ވެސް ކުރިއަށްދާނެ ކަމަށެވެ.

މި އޯޕަން ޑޭގެ ތެރެއިން މީހުންނަށް ހޮސްޕިޓަލުގެ މަސަތްކަތު މާހައުލު ބަލައިލުމަށް ފުރުސަތެ ލިބޭނެ އެވެ. މި ހަރަކާތުގެ ތެރޭގައި، ހޮސްޕިޓަލުގެ އެކި ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނާ ބައްދަލުކޮށް، ވަޒީފާތަކަށް ޝައުގުވެރިވާ ނަމަ ވަގުތުން ސީވީ ހުށަހެޅުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ހަރަކާތް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ތަފާތު ވަޒީފާތަކާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމާއި ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުން ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުންޏެވެ.

ޓްރި ޓޮޕް ހޮސްޕީޓަލުގެ އޯޕަން ޑޭ ބާއްވާ ގަޑިތަކަކީ ހުކުރު ދުވަހު ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ. އަދި ހޮނިހިރު ދުވަހު ހަވީރު 4:00 އިން 6:00 އަށް މި ހަރަކާތް ކުރިއަށްދާނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގައި 30 ގައުމެއްގެ، ގާތްގަނޑަކަށް 700 މުވައްޒަފުން މަސައްކަތްކުރެ އެވެ.