17 މާޗް 2022 - 09:24

ލަންޑަން (މާޗް 17) - އާސެނަލްގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ އެއް ޕޮއިންޓަށް ލިވަޕޫލުން ފަރަގުކުޑަކޮށްފި އެވެ.

ސިޓީން ވަނީ 70 ޕޮއިންޓް ހޯދައިފަ އެވެ. ރޭގެ މެޗުން ހޯދި ތިން ޕޮއިންޓާއެކު ލިވަޕޫލުން ވަނީ 69 ޕޮއިންޓް ހަމަކޮށްފަ އެވެ.
އާސެނަލްގެ ދަނޑުގައި ކުޅުނު މެޗުގައި ލީޑް ނަގާނެ ފުރުސަތެއް އާސެނަލްގެ މާޓިން އޮޑެގާޑަށް ލިބުނެވެ. އެކަމަކު ފުރުސަތުގެ ބޭނުމެއް ނުކުރެވުނެވެ. ހަތަރުވަނައިގައި އޮތް އާސެނަލް އަށް އަނެއްކާ ވެސް، އިނގިރޭސި އެލީޓް ޓީމެއް ބަލި ކުރުމުގައި ކާމިޔާބެއް ނުހޯދުނެވެ.
ލިވަޕޫލްގެ ފުރަތަމަ ލަނޑު ދެވަނަ ހާފު ފެށިގެން ނުވަވަނަ މިނެޓްގައި ޖެހީ ޑިއޭގޯ ޖޮޓާ އެވެ. އޭނާ ލަނޑު ޖެހީ ތިއާގޯ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. ދެވަނަ ލަނޑު ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ރޮބާޓޯ ފިރްމީނޯ ޖެހީ 62 ވަނަ މިނެޓްގައި އެންޑީ ރޮބަޓްސަން ދިން ބޯޅައިންނެވެ. ޖެނުއަ
ޖެނުއަރީގައި ސިޓީ އަށް 14 ޕޮއިންޓްގެ ލީޑެއް އޮތެވެ. އެކަމަކު ލިވަޕޫލުން ވަނީ ވިދިވިދިގެން ނުވަ މެޗުން މޮޅުވެ ފަރަގު ކުޑަކޮށްފަ އެވެ. ގަދަ ހަތަރެއްގެ ރޭހުގެ ވާދަވެރިކަން ވެސް ބޮޑެވެ. މެންޗެސްޓާ ޔުނައިޓެޑް ފަސްވަނައިގައި އޮތީ އާސެނަލް އަށް ވުރެ އެއް ޕޮއިންޓް މަދުން ލިބުމުންނެވެ. އެކަމަކު އާސެނަލް އަށް އޮތް ހިތްހަމަޖެހުމަކީ ދެ މެޗު މަދުން ކުޅެފައިވުމެވެ.