މަސައްކަތުގެ ތަޖުރިބާ އަށް ބަލައި ސެޓްފިކެޓް ދެވޭނެ ނިޒާމެއް ހަމަޖައްސަނީ
މަސައްކަތުގެ ތަޖުރިބާ އަށް ބަލައި ސެޓްފިކެޓް ދެވޭނެ ނިޒާމެއް ހަމަޖައްސަނީ

މަސައްކަތުގެ ތަޖުރިބާ އަށް ބަލައި ސެޓްފިކެޓް ދެވޭނެ އުސޫލެއް ނުވަތަ ނޭޝަނަލް ޓްރޭޑް ޓެސްޓިން ޕްރޮގްރާމް ހިންގުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ދެ ބަޔަކާ ހަވާލުކޮށްފި އެވެ.

މަސައްކަތުގެ ތަޖުރިބާ އަށް ބަލައި ސެޓްފިކެޓް ދެވޭނެ ނިޒާމެއް ހަމަޖައްސަނީ
މަސައްކަތުގެ ތަޖުރިބާ އަށް ބަލައި ސެޓްފިކެޓް ދެވޭނެ ނިޒާމެއް ހަމަޖައްސަނީ

އެ މިނިސްޓްރީން ބުނީ ޓްރޭޑް ޓެސްޓިން ސެންޓަރުގެ ރަޖިސްޓްރޭޝަން ސެޓްފިކެޓް ޒިކުރާ އިންޓަނޭޝަނަލް ކޮލެޖް އަދި ވިލާ ކޮލެޖަށް ދީފައިވާ ކަމަށެވެ.

ހުނަރުގެ ރަސްމީ ތަމްރީންގެ ތެރެއިން ސެޓްފިކެޓެއް ނުލިބި ފަންނީ މަސައްކަތުގައި ގިނަ ދުވަހު ދެމިތިބޭ ދިވެހިންނަށް ހުނަރުގެ ރަސްމީ ސަނަދެއް ހޯދޭނެ ނިޒާމެއް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓު އޮތޯރިޓީން ވަނީ ގާއިމްކޮށްފަ އެވެ.

ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ހިންގާ ނޭޝަނަލް ޓްރޭޑް ޓެސްޓިން އެންޑް ސެޓްފިކޭޝަން ޕްރޮގްރާމްގެ ދަށުން، ވަޒީފާ އަށް ބޭނުންވާ ފަންނީ ހުނަރު ހުރިތޯ ބެލުމަށް ދޭ ގައުމީ އިމްތިހާނުން ފާސްވާ މީހުންނަށް ގައުމީ ސަނަދު ނުވަތަ ނޭޝަނަލް ސެޓްފިކެޓެއް ދޭނެ އެވެ.

އެގޮތަށް ދޭ ގައުމީ އިމްތިހާނު ނުވަތަ ނޭޝަނަލް އެސެސްމަންޓް ދޭނީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ނޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑާޑުތަކުގައި ކަނޑައަޅާފައިވާ ހުރިހާ ކޮމްޕީޓެންސީތައް ހާސިލުވެފައިވާކަން ކަށަވަރުކޮށްފަ އެވެ.