ވޮލީގެ ލެޖެންޑް ގިބާއާއެކު ވީއޭއެމްއިން ވޮލީ ހަވީރެއް ބާއްވަނީ
ވޮލީގެ ލެޖެންޑް ގިބާއާއެކު ވީއޭއެމްއިން ވޮލީ ހަވީރެއް ބާއްވަނީ

ދުނިޔޭގެ ކުރީގެ އެއްވަނަ ވޮލީބޯޅަ ކުޅުންތެރިޔާ ބްރެޒިލްގެ ގިލްބާޓޯ އަމައުރީ (ގިބާ) ބައިވެރިވާ ވޮލީ ހަވީރެއް ބާއްވަން ވީއޭއެމުން އިއުލާންކޮށްފި އެވެ.

ބްރެޒިލްގެ ގައުމީ ޓީމާއެކު ވޮލީ ވޯލްޑް ކަޕް ތިން ފަހަރު ހޯދި ގިބާ، ރާއްޖެ އައީ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ސްޕޯޓްސް އެވޯޑްގައި ބައިވެރިވުމަށެވެ. އާއިލާއާއެކު މިއަދު އޭނާ ރާއްޖެ އައުމުން، ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް ވަނީ އޭނާ އާ ބައްދަލު ކުރައްވައިފަ އެވެ.

ވޯލްޑް ވޮލީ ލީގުގެ ޗެމްޕިއަންކަން ވެސް އަށް ފަހު ބްރެޒިލްގެ ޓީމާއެކު ހޯދި ގިބާ ބައިވެރިވާ ވޮލީ ހަވީރު އޮންނާނީ އަންނަ ހުކުރު ދުވަހު ހަވީރު އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ ބީޗް ވޮލީ ކޯޓުގަ އެވެ.

ރާއްޖޭގެ ވޮލީއާ ގުޅުން ހުރި މަސައްކަތެއްގައި މިހާތަނަށް ބައިވެރިވާ އެންމެ ހައި ޕްރޮފައިލް ވޮލީގެ ލެޖެންޑަކަށް ވާނީ ގިބާ އެވެ. އޭނާ ބައިވެރިވާ ވޮލީ ހަވީރަށް ކުޑަ ކުދިންނާއި އެހެން ކުޅިވަރުތަކުގެ އެތުލީޓުންނާއި ވޮލީ އާއިލާގެ މެންބަރުންނަށް އައުއުމަށް ވީއޭއެމުން އެދެ އެވެ.

ވޮލީ ހަވީރު އޮންނާނީ ހުކުރު ދުވަހުގެ ހަވީރު 4:30 ން 6 ޖަހަންދެންނެވެ.