ރަސްފަންނު ޕެވިލިއަން ހިންގުން ލެމަންގްރާސް ރެސްޓޯރަންޓަށް، ހުކުރު ދުވަހު ހުޅުވަނީ
ރަސްފަންނު ޕެވިލިއަން ހިންގުން ލެމަންގްރާސް ރެސްޓޯރަންޓަށް، ހުކުރު ދުވަހު ހުޅުވަނީ

ރަސްފަންނު ޕެވިލިއަން ހިންގުން، މާލޭގެ މަޝްހޫރު އެއް ރެސްޓޯރަންޓް ލެމަންގްރާސްއާ ހަވާލުކޮށްފި އެވެ.

ރަސްފަންނު ޕެވިލިއަން ހިންގުން ލެމަންގްރާސް ރެސްޓޯރަންޓަށް، ހުކުރު ދުވަހު ހުޅުވަނީ
ރަސްފަންނު ޕެވިލިއަން ހިންގުން ލެމަންގްރާސް ރެސްޓޯރަންޓަށް، ހުކުރު ދުވަހު ހުޅުވަނީ

"ޕޮމެލޯ" ގެ ނަމުގައި ހިންގަން ނިންމާފައިވާ ޕެވިލިއަންގެ ރެސްޓޯރެންޓް އަންނަ ހުކުރު ދުވަހު ހުޅުވަން ނިންމާފައިވާއިރު، އެ ތަނުން ގާތްގަނޑަކަށް 400 މީހުންނަށް އެއްފަހަރާ ހިދުމަތް ދެވޭނެ އެވެ.

ރަސްފަންނު ޕެވިލިއަން ހިންގުން ލެމަންގްރާސް ރެސްޓޯރަންޓަށް، ހުކުރު ދުވަހު ހުޅުވަނީ
ރަސްފަންނު ޕެވިލިއަން ހިންގުން ލެމަންގްރާސް ރެސްޓޯރަންޓަށް، ހުކުރު ދުވަހު ހުޅުވަނީ

ލެމަންގްރާސް ގުރޫޕުން މިހާރު ފަސް ރެސްޓޯރަންޓެއް ހިންގާއިރު، އަލަށް ހުޅުވާ ޕެވިލިއަންގެ ރެސްޓޯރަންޓް ވާނީ އެ ގުރޫޕްގެ އެންމެ ޖާގަ ބޮޑުތަން ކަމަށް އެ ތަނުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި އެވެ.

ޕެވިލިއަންގެ ފުރަތަމަ ފްލޯ ހާއްސަ ކޮށްފައި ވަނީ ޕޭސްޓްރީ އާއި ލުއި ކާނާގެ ބާވަތްތަކަށެވެ. އޯޑަރު ދީގެން ކެއުމަށް ދެ ވަނަ ފްލޯ ހާއްސަ ކުރާއިރު ތިން ވަނަ ފްލޯގައި އިން ލިބޭނީ ކޮފީ އާއި ބުފޭގެ ހިދުމަތެވެ.

ލެމަގްރާސްގެ މާކެޓިން މެނޭޖަރު އަހުމަދު ޝިރުހާން ވިދާޅުވީ، ތިން ބުރީގެ މި ރެސްޓޯރެންޓްގެ މެނޫގައި ހިމެނޭނީ ޒަމާނީ ކެއުންތައް ކަމަށެވެ. އެކަމަކު، އާންމުކޮށް ދިވެހިންގެ މެދުގައި އެންމެ މަގްބޫލު ކެއުންތައް ވެސް މި ރެސްޓޯރެންޓުން ލިބޭނެ އެވެ.

ޝިރުހާން ވިދާޅުވިގޮތުގައި، ލެމަންގްރާސްގެ އެހެން ތަންތަނާ ހިލާފަށް ޕެވިލިއަން ރެސްޓޯރެންޓުގައި ކުދި އިވެންޓްތައް ބޭއްވުމަށް ވަކިވަކި ބައިތައް ދޫކުރާނެ އެވެ.

"ވިއްސަކަށް މީހުންނަށް ވެސް ކުދިކުދި ގެދަރިންތަކަށް ޖާގަ ލިބޭނެ. މިއީ މި ތަނުގެ ވަރަށް ތަފާތު ކަމަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.

ޕޮމެލޯ ރެސްޓޯރެންޓުގައި ކުޑަކުދިންނަށް ހާއްސަ ޕްލޭ އޭރިއާ އެއްވެސް ހަދާފައިވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 13.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން 2016 ވަަނަ އަހަރު ރަސްފަންނުގައި ހެދި ޕެވިލިއަންގެ ބޭނުމެއް ނުހިފި، ވީރާނާވަމުން ދަނިކޮށް ލެމަންގްރާސްއާ ހަވާލުކޮށް މަރާމާތުކުރަން ފެށީ މީގެ ހަތްް ވަރަކަށް މަސް ކުރިންނެވެ.

އެމްޑަބްލިއުއެސްސީން ބަލަހައްޓާ ޕެވިލިއަން އެންމެ ފުރަތަމަ ހިންގަން ހަވާލުކުރީ ސިބްކޯ ޕްރައިވެޓް ލިމިޓެޑާ އެވެ. ނަމަވެސް 2019 ވަނަ އަހަރު އެމްޑަބްލިއުއެސްސީން ވަނީ ސިބްކޯއާއެކު ހެދި އެއްބަސްވުން ބާތިލްކޮށްފަ އެވެ. އެކަމަކު އެއްބަސްވުން ބާތިލުކުރުން ފަސްކުރަން ފަހުން ކޯޓުން ނިންމީ އެވެ.

ޕެވިލިއަން ބަންދުކުރުމުގެ ކުރިން އެ ތަނުގައި ދިޔައީ މަޝްހޫރު ރެސްޓޯރެންޓްތަކެއް ހިންގަމުންނެވެ.