ތިލަފުށީ ސައިޓެއްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހެއްގެ ފައި ޗިސްވެއްޖެ
ތިލަފުށީ ސައިޓެއްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހެއްގެ ފައި ޗިސްވެއްޖެ

ކ. ތިލަފުށީގެ ކޮންސްޓްރަކްޝަން ސައިޓެއްގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި، އެތަނުގައި މަސައްކަތް ކުރަން އުޅުނު މީހެއްގެ ފައި ޗިސްވެއްޖެ އެވެ.

ތިލަފުށީ ސައިޓެއްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހެއްގެ ފައި ޗިސްވެއްޖެ
ތިލަފުށީ ސައިޓެއްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހެއްގެ ފައި ޗިސްވެއްޖެ

ފުލުހުން ބުނީ ތިލަފުށީގެ ސައިޓެއްގައި މަސައްކަތް ކުރަން އުޅުނު ތިން ބިދޭސީއަކަށް އަނިޔާވެގެން މިއަދު މެންދުރު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށެވެ. އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަން ފިޔަވާ އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގީ ތިލަފުށީގައި ހުންނަ އެޕޯލޯ ލޭބާ ކުއާޓާގަ އެވެ. އެކަމަކު، އެ ހާދިސާ ހިނގި ގޮތެއް އަދި ނޭނގެ އެވެ.

އެ ހާދިސާގައި އަނިޔާވި އެކަކުގެ ފޮޓޯތައް "މިހާރު" އަށް ލިބިފައިވާއިރު، އޭނާގެ ފައިގެ ކަކުލުން ތިރި އޮތީ ޗިސްވެފަ އެވެ. އަދި ފައިތިލައިގެ ހަންގަނޑު ކަފައިގެން ގޮސް، ކަށިގަނޑު ވެސް ފެނެ އެވެ.