14 މާޗް 2022 - 12:35

މިދިޔަ އަހަރު ޔޫރޯ ސްޓޯރުން ރާއްޖެއަށް ތައާރަފުކުރި "ރޫމޯ" ޕާސްތާ އަށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ލިބިއްޖެ އެވެ.

އިޓަލީގެ "އޯތެންޓިކް" ރަހަ އެކުލެވޭ އެ ޕާސްތާ އުފައްދަނީ އެ ގައުމުގައި ޒަމާނުއްސުރެ ބޭނުންކުރާ "ލެންޓާ ލެވަރިޒިއޯން" މެތޮޑަށެެވެ.
ރޫމޯ ޕާސްތާ އުފައްދަނީ ދިރާސާތަކަށް ފަހު، އެންމެ ރަނގަޅު އިންގްރީޑިއަންޓްތައް ބޭނުންކޮށްގެންނެވެ. އެ ޕާސްތާ އުފެއްދުމުގައި ވީހާ ވެސް ފުރިހަމަކޮށް، މީރު ރަހަ ހިމެނުމަށް އިސްކަންދޭއިރު އުފައްދާ ޕްރޮސެސް އަވަސް ކުރުމުގެ ބަދަލުގައި ބަލަނީ ރައްކާތެރިކަމާއެކު އެކަން ކުރުމަށެވެ.
އެ ޕާސްތާ އުފެއްދުމުގައި ގެންގުޅޭ އުކުޅުތަކާއި ރަހަތަކުގެ ސަބަބުން އެއީ ދުނިޔޭގެ ވެސް އެންމެ މީރު އެއް ޕާސްތާ އަށް ވެފައިވާއިރު، އޭގައި ޕްރޮޓީން ވަރަށް ބޮޑަށް ހިމެނެ އެވެ. އެއީ ބޭނުން ކުރާ ފުށުގެ ކޮލިޓީ އަންގައިދޭ ކަމެކެވެ.
އިޓަލީގެ ބެނެވެންޓޯގައި 1846 ވަނަ އަހަރު އުފައްދަން ފެށި ޕާސްތާގެ ތަފާތު ރޭންޖުތައް މިހާރު ޔޫރޯ އިން ލިބެން އެބަހުއްޓެވެ. ސިއްހަތަށް ބަލައިގެން އުޅޭ މީހުންނަށް ހާއްސަ ގްލޫޓަން ފްރީ ޕާސްތާ ވެސް ލިބެން ހުންނާނެ އެވެ. މިއީ ޒުވާރި އާއި ބްރައުން ރައިސް ފުށުން ތައްޔާރު ކުރާ މީރު ޕާސްތާއެކެވެ.
ރޫމޯ ޕާސްތާ މިހާރު ރާއްޖޭގެ ގިނަ ރެސްޓޯރެންޓުތަކާއި ރިސޯޓުތަކުގައި ވެސް ބޭނުން ކުރެ އެވެ. އެފަދަ ތަންތަނުން އެ ޕާސްތާ ބޭނުން ކުރަނީ ކޮލިޓީ ރަނގަޅުވެފައި ރަހަމަ މީރުވުމުން ކަމަށް ބުނެ އެވެ.
ކޯސްޓަ ކޮފީ އިން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ، އެ ޕާސްތާއާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ކަސްޓަމަރުންގެ ފަރާތުން ވެސް ޕޮޒިޓިވް ކޮމެންޓުތައް ލިބޭ ކަމަށާއި އެއީ ކައްކަން ފަސޭހަ ޕާސްތާއެއް ކަމަށް ވެސް އެ ކެފޭ އިން ބުންޏެވެ.
ލަކްސް ސައުތު އަރިއެޓޮލް ރިސޯޓުން ބުނިގޮތުގައި، އެއީ ކޮންމެ ދުވަހަކު ވެސް އެ ރިސޯޓުގައި ކައްކާ ޕާސްތާއެކެވެ. އެއީ އެ ރިސޯޓަށް އަންނަ ޓޫރިސްޓުންގެ ފަރާތުން ލިބޭ ތައުރީފުގެ ސަބަބުން ކަމަށާއި ހާއްސަކޮށް ގްލޫޓަން ފްރީ ޕާސްތާ ވަރަށް ކަމުދާ ކަމަށް ބުންޏެވެ.