ގްރޭޑް 10 ނިންމައި ކަޕޫރް އާއިލާގައި އެންމެ މައްޗަށް ކިޔަވައިގެން ހުރީ ރަންބީރު
ގްރޭޑް 10 ނިންމައި ކަޕޫރް އާއިލާގައި އެންމެ މައްޗަށް ކިޔަވައިގެން ހުރީ ރަންބީރު

ބޮލީވުޑްގެ ގިނަ ތަރިންނަކީ މާ މައްޗަށް ކިޔަވައިގެން ތިބި ބައެއް ނޫނެވެ. ބައެއް ތަރިން ވަނީ ވަކި ހިސާބަކުން ކިޔެވުން ހުއްޓާލައި އެކްޓްކުރަން ފަށައިފަ އެވެ.

ގްރޭޑް 10 ނިންމައި ކަޕޫރް އާއިލާގައި އެންމެ މައްޗަށް ކިޔަވައިގެން ހުރީ ރަންބީރު
ގްރޭޑް 10 ނިންމައި ކަޕޫރް އާއިލާގައި އެންމެ މައްޗަށް ކިޔަވައިގެން ހުރީ ރަންބީރު

ބޮލީވުޑްގައި އެންމެ މަޝްހޫރު އެއް އާއިލާ އަކީ ކަޕޫރް އާއިލާ އެވެ. އެ އާއިލާގައި އެންމެ މައްޗަށް ވެސް ކިޔަވައިގެން ހުރީ ރަންބީރު ކަމަށް އޭނާ ދިން އިންޓަވިއުއެއްގައި ބުންޏެވެ. މީގެ ފަސް އަހަރު ކުރިން "ޖަގާ ޖާސޫސް" ނެރުނުއިރު ފިލްމުގެ ޕްރޮމޯޝަންގެ ތެރެއިން ރަންބީރު ވަނީ އޭނާ އަކީ ކިޔެވިއިރު އެވްރެޖް ސްޓޫޑެންޓެއް ކަމަށާއި އެކަމަކު އެ އާއިލާގައި އެންމެ މައްޗަށް ކިޔަވައިގެން ހުރީ އޭނާ ކަމަށް ބުނެފަ އެވެ.

ރަންބީރު ބުނި ގޮތުގައި އޭނާގެ އާއިލާއަކީ ކިޔެވުމުގައި އެހާ މޮޅު ބައެއް ނޫނެވެ. އޭނާގެ ބައްޕަ އަދި އެކްޓަރު ރިޝީ ކަޕޫރު ފެއިލްވީ ގްރޭޑް 8 އަކުން ކަމަށާއި އޭނާގެ ބޮޑުބޭބެ ފެއިލްވީ ގްރޭޑް 9 އަކުން ކަމަށް ބުންޏެވެ. އަދި އޭނާގެ ކާކަ ފެއިލްވީ ގްރޭޑް ހަޔަކުން ކަމަށް ވެސް އޭނާ އެ ދުވަހު ބުންޏެވެ.

"އަސްލު އަހަންނަކީ އާއިލާގައި އެންމެ ކިޔަވައިގެން ހުރި މީހާ. އަހަރެން ގްރޭޑް 10 އަކުން ފާސްވީ 56 ޕަސެންޓް މާކްސް ހޯދައިގެން،" އޭނާ ބުންޏެވެ.

ކުޑައިރުގެ ހަނދާންތައް އާކުރަމުން އެ ދުވަހު ރަންބީރު ބުނީ ސްކޫލުގައި ޓެސްޓްތަކުގެ ނަތީޖާ އިއުލާންކުރާއިރު އޭނާގެ މަންމަ ސްކޫލަށް ދާ ކަމަށެވެ. އަދި ކޮންމެ ފަހަރަކު ވެސް އެއަށް ވުރެ ރަނގަޅު ނަތީޖާއެއް ގެންނާނެ ކަމަށް ބުނެ މަންމަ ގާތު މާފަށް އެދޭ ކަމަށް އޭނާ ބުންޏެވެ.

އެންމެ މާއްދާއަކުން ފެއިލްވިޔަސް އެކަން ބައްޕައަށް އަންގާނެ ކަމަށް މަންމަ ބުނާތީ ރޮމުން މާފަށް އެދޭ ކަމަށާއި ބައްޕަ ދެކެ ވަރަށް ބިރު ގަންނަ ކަމަށް އޭނާ ބުންޏެވެ.

ރަންބީރު ނިސްބަތްވާ ކަޕޫރް އާއިލާގެ ފަސް ޖެނަރޭޝަނެއް މިހާތަނަށް އިންޑިއާގެ ސިނަމާގައި މަސައްކަތްކޮށްފައިވެ އެވެ. ގާތްގަނޑަކަށް 94 އަހަރު އެ އާއިލާގެ މީހުން ފިލްމުތަކުގައި މަސައްކަތްކޮށްފައިވެ އެވެ. އެންމެ ފުރަތަމަ އެ އާއިލާއިން ފިލްމީ މަސައްކަތަށް ނިކުތީ ޕްރިތްވިރާޖް ކަޕޫރެވެ. އެއީ 1928 ގައި "ދޯ ދާރީ ތަލްވާރް" އިންނެވެ.

ރަންބީރަކީ ރަންދީރު ކަޕޫރަށް ބޮޑުބޭބެ ކިޔާ ކުއްޖެކެވެ. ރަންދީރަކީ ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރާއި ކަރިސްމާ ކަޕޫރްގެ ބައްޕަ އެވެ.