22 މާޗް 2022 - 14:26
ރިސޯޓް މާކެޓަށް ހާއްސަ ކޮށްގެން ސިމްޑީގެ ދަށުން ހިންގާ ރެސޫ އިން އަންނަނީ ތަފާތު އެކި ބްރޭންޑުތައް ރާއްޖެއަށް ތައާރަފު ކުރަމުންނެވެ. ރެސޫގެ ދަށުން ތައާރަފުކޮށްފައިވާ އިލެކްޓްރޯލަކްސް އަކީ ރިސޯޓުތަކުގެ އިތުރުން ދިވެހިންގެ ތެރެއިން ގިނަ ބަޔަކަށް ކަމުދާ ބްރޭންޑެކެވެ.
މާލޭގައި ރެސޫގެ ޝޯރޫމެއް ހުޅުވާފައިވާއިރު އެ ޝޯރޫމުން އިލެކްޓްރޯލަކްސްގެ ގިނަ އަދަދެއްގެ ޕްރޮޑަކްޓުތައް ލިބެން ހުންނާނެ އެވެ. މީގެ ތެރޭގައި ކިޔުމާއި ފްރޮންޓްލޯޑް ދޮންނަ މެޝިނާއި މައިކްރޮވޭވާއި އައިސް އަލަމާރި ފަދަ ތަކެތި ހިމެނެ އެވެ.
ރާއްޖޭގެ އެހެން ޝޯރޫމްތަކާ ހިލާފަށް ސިމްޑީ ރެސޫއިން އިލެކްޓްރޯލަކްސް ހޯމް އެޕްލަޔަންސަސް އާ ގުޅޭ މައުލޫމާތުގެ އިތުރުން އެ ޕްރޮޑަކްޓެއްގެ އަޖުމަ ބަލާލުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. ޕްރޮޑަކްޓުތަކާ ގުޅޭ މައުލޫމާތު ދޭނީ އެކަމުގެ ތަޖުރިބާކާރު ސޭލްސްމަނުންނެވެ.
ރެސޫގައި ތަޖުރިބާކާރު ޓީމެއް މަސައްކަތް ކުރާއިރު ސިމްޑީން އިލެކްޓްރޯލަކްސްގެ އުފެއްދުންތައް ގަންނަ ކަސްޓަމަރުންނަށް އާފްޓަ ސޭލްސް ސާވިސް ވެސް ދޭނެ އެވެ. އަދި ގަންނަ ކޮންމެ ޕްރޮޑަކްޓަކާ އެކު ވޮރެންޓީ ވެސް ދޭނެ އެވެ.
ސިމްޑީން ބުނީ އެ ޝޯރޫމަކީ ރިސޯޓް މާކެޓަށް ހާއްސަ ޝޯރޫމަކަށް ވިޔަސް ހުރިހާ ޕްރޮޑަކްޓެއް ވެސް ލިބެން ހުންނާނީ ދިވެހިންނަށް ވެސް ހާއްސަ "ކޮމްޕެޓިޓިވް" އަގުތަކެއްގައި ކަމަށެވެ.
އިލެކްޓްރޯލަކްސް ބްރޭންޑް ސިމްޑީ ރެސޫން ރާއްޖެއަށް ތައާރަފު ކުރިތާ ހަތް އަހަރުވެފައިވާއިރު އެ ބްރޭންޑަކީ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ކޮލިޓީ ބްރޭންޑެކެވެ.
ސިމްޑީގެ މޯބައިލް އެޕްލިކޭޝަނުން އެ ކުންފުނިން ވިއްކާ ހުރިހާ ޕްރޮޑަކްޓެއް އޮންލައިންކޮށް ވެސް ލިބެން ހުންނާނެ އެވެ.