ބިދޭސީއަކަށް ހަމަލާދީ ޒަހަމްކޮށްލައިފި
ބިދޭސީއަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

މާލޭގައި ބިދޭސީއަކަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.

މި ހާދިސާ ހިނގާފައި ވަނީ ޗާންދަނީމަގާއި ކުރިކީލާ މަގާ ގުޅުނު ހިސާބުގަ އެވެ.

ފުލުހުން ބުނީ ބިދޭސީ ފިރިހެނަކަށް ހަމަލާ ދިން ކަމުގެ ރިޕޯޓެއް ލިބިގެން ފުލުހުން އެ ސަރަހައްދަށް ދިޔައީ މިރޭ 7:00 ގައި ކަމަށެވެ. މި ވަގުތު ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ޒަހަމްވި ބިދޭސީ މީހާ އަށް އަންނަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ. އޭނާ އަށް ވެފައިވާ ޒަހަމްތަކުގެ ތަފްސީލެއް އަދި ނޭނގެ އެވެ.

ފުލުހުން ބުނި ގޮތުގައި، ހަމަލާ ދިން ކަމުގެ ތުހުމަތަށް 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް މައްސަލަ އަންނަނީ ތަހުގީގުކުރަމުންނެވެ.