ކެޓްރީނާ ރާއްޖޭގައި ކުޅުނީ ޖޫސް އިޝްތިހާރެއް، ވިކީ ނެތުމުން ކަމަކު ނުދިޔަ
ކެޓްރީނާ ރާއްޖޭގައި ކުޅުނީ ޖޫސް އިޝްތިހާރެއް، ވިކީ ނެތުމުން ކަމަކު ނުދިޔަ

މިފަހުން ބޮލީވުޑްގެ ތަރި، ކެޓްރީނާ ކައިފް ރާއްޖެ އައިސް ނެގި އިޝްތިހާރު އާންމުކޮށްފި އެވެ.

ރާއްޖޭގެ ފިނޮޅެއް ކަހަލަ ތަނެއްގައި ނަގާފައިވާ އެ އިޝްތިހާރުން ކެޓްރީނާއާ އެކު ފެންނަނީ "ގެހެރާއިޔާ" ގެ ތަރި ދައިރްޔާ ކަރްވާ އެވެ. ވަރަށް ލޯބިން ދެ މީހުން އުޅޭ މަންޒަރު އެ އިޝްތިހާރުން ފެނުނަސް ސަޕޯޓަރުންނަށް އެ މަންޒަރު ބަލަން އެހާ ކެތެއްނުވި އެވެ.

ކެޓްރީނާގެ ފިރިމީހާ އަދި އެކްޓަރު ވިކީ ކޯޝަލް ޓެގްކޮށް ގިނަ ބަޔަކު ބުނަމުން ދަނީ ކެޓްރީނާއާ ގުޅެނީ ހަމައެކަނި ވިކީއާ ކަމަށެވެ. އަދި ވިކީ އަކީ އޭނާގެ ހަމައެކަނި "ބޭބީ" ކަމަށެވެ.

އެ އިޝްތިހާރު ބެލުމަށް ފަހު، އެއްވެސް އަސަރެއް ވިކީ އަށް ކުރިތޯ ވެސް ބައެއް މީހުން އެހި އެވެ. ވިކީއާ އެކު އެ އިޝްތިހާރު ކުޅުނު ނަމަ މާ ބޮޑަށް ސަމާލުކަން ލިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ވިކީ އާއި ކެޓްރީނާ މިދިޔަ އަހަރު ކައިވެނިކުރީ 2019 ވަނަ އަހަރުން ފެށިގެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު އެވެ. ކައިވެނި ކުރުމާ ހަމަ އަށް ވެސް ދެ ތަރިން އެކަމަށް އެއްބަހެއް ނުވެ އެވެ. އުޅުނީ ވަރަށް ސިއްރުންނެވެ.