އެމްއޭސީއެލްގެ ފްލެޓްތައް އަންނަ މަހު ދޫކުރަނީ
އެމްއޭސީއެލްގެ ފްލެޓްތައް އަންނަ މަހު ދޫކުރަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެމްއޭސީއެލުން އިމާރާތް ކުރަން ފެށި ދެ ޓަވަރުގެ މަސައްކަތް މިހާރު ނިމެން ކައިރި ވެފައިވާ ކަމަށާއި އެ ފްލެޓްތައް އަންނަ މަހު ދޫކުރާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އެމްއޭސީއެލްގެ ފްލެޓްތައް އަންނަ މަހު ދޫކުރަނީ
އެމްއޭސީއެލްގެ ފްލެޓްތައް އަންނަ މަހު ދޫކުރަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، އެ ފްލެޓުތަކުގެ 99 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށާއި އަންނަ މަހުގެ ތެރޭގައި ތަޅުދަނޑިތައް ހަވާލު ކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މިހާރު ކުރިއަށް ގެންދަނީ ފްލެޓްތަކުގެ ފިނިޝިން އާއި ފްލެޓް ލިބުނު މުވައްޒަފުންނާ އެ ތަންތަން ހަވާލު ކުރުމުގެ ކުރިން ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ.

އެމްއޭސީއެލްގެ ފްލެޓްތައް އަންނަ މަހު ދޫކުރަނީ
އެމްއޭސީއެލްގެ ފްލެޓްތައް އަންނަ މަހު ދޫކުރަނީ

ޔާމީންގެ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބިޔަ އަދި އެންމެ ކާމިޔާބު މަޝްރޫއުގެ ދަށުން އެމްއޭސީއެލުން އިމާރާތް ކޮށްފައި ވަނީ 14 ބުރީގެ ދެ ޓަވަރެވެ. އެ ފްލެޓްތަކުގެ މަސައްކަތް އެމްއޭސީއެލުން ހަވާލުކުރީ ޗައިނާގެ ބީޔޫސީޖީ ކުންފުންޏާ އެވެ.

އެ ޕްރޮޖެކްޓުގެ ދަށުން ދެ ޓަވަރުގައި 384 އެޕާޓްމަންޓް ވަނީ ހަދައިފަ އެވެ. އެއީ ދެ ކޮޓަރީގެ 240 އެޕާޓްމަންޓާއި އެއް ކޮޓަރީގެ 72 އެޕާޓްމަންޓެވެ. ހުރިހާ އެޕާޓްމަންޓެއް ވެސް ހަދަނީ އެންމެ ޒަމާނީ ފެންވަރަށް ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެ ކުންފުނިން މިހާރު އަންނަނީ އެޕާޓްމަންޓް ލިބުނު މީހުންނަށް އެ ތަން ދެއްކުމާއި ކަމާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުންތައް ބާއްވަމުންނެވެ.

އެމްއޭސީއެލުން ބުނިގޮތުގައި، އެޕާޓްމަންޓްތައް ހަވާލުކުރުމުގެ މަސައްކަތް ކުރި ނަމަވެސް ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ލަސްތަކެއް ދިމާވެ އެވެ.