އިންގްލެންޑުގެ ކުރީގެ ސާފިން ކޯޗުގެ ކޭމްޕެއް ގައުމީ ސާފިން ޓީމަށް
އިންގްލެންޑުގެ ކުރީގެ ސާފިން ކޯޗުގެ ކޭމްޕެއް ގައުމީ ސާފިން ޓީމަށް

އިންގްލެންޑުގެ ގައުމީ ސާފިން ޓީމުގެ ކުރީގެ ކޯޗު ޕެޓްރިކް ރެނައުޑްގެ ބެލުމުގެ ދަށުން ރާއްޖޭގެ ގައުމީ ސާފިން ޓީމަށް ކޯޗިން ކޭމެޕެއް ކުރިއަށް ގެންގޮސްފި އެވެ.

އިންގްލެންޑުގެ ކުރީގެ ސާފިން ކޯޗުގެ ކޭމްޕެއް ގައުމީ ސާފިން ޓީމަށް
އިންގްލެންޑުގެ ކުރީގެ ސާފިން ކޯޗުގެ ކޭމްޕެއް ގައުމީ ސާފިން ޓީމަށް

ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ކޯޗިން ކޭމްޕްގައި ޖޫނިއާ އަދި ސީނިއާ ގައުމީ ޓީމުގައި ހިމެނޭ ސާފަރުން ވަނީ ބައިވެރިވެފަ އެވެ. ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) ގެ ދައުވަތަކަށް، މިދިޔަ ހަފުތާގައި ރާއްޖެ އައި ރެނައުޑް ބައިވެރިވާ އެހެން ޕްރޮގްރާމްތަކެއް ވެސް އެމްއެސްއޭއިން ކުރިއަށް ގެންދެ އެވެ.

އެގޮތުން ސާފް ސޭފް ގާޑިން ކޯހެއް ހެންވޭރު ބޯޅަ ގޭގައިި މިހާރު ވަނީ ފަށައިފަ އެވެ. ދެކުނު އެފްރިކާ އަށް އުފަން ރެނައުޑް އަކީ އިނގިރޭސި ރަށްވެހިކަން ވެސް އޮންނަ ތަޖުރިބާކާރެކެވެ. އޭނާ ވަނީ އިންގްލެންޑްގެ ސާފިން އެސޯސިއޭޝަންގެ ވެސް އިސް މާގަމުތަކެއް އަދާކޮށްފަ އެވެ.

ރެނައުޑް ވަނީ ސާފިން ކޯޗެއްގެ ގޮތުގައި ސައުތު އެފްރިކާ އާއި އޮސްޓްރޭލިއާ، ދެކުނު ކޮރެއާ އަދި ސްރީ ލަންކާގައި މަސައްކަތް ކޮށްފަ އެވެ. ސާފިން ކޯޗެއްގެ އިތުރުން ލައިފް ގާޑް އިންސްޓްރަކްޓަރެއްގެ ގޮތުގައި އޭނާ ވަނީ 15 އަހަރު މަސައްކަތްކޮށްފަ އެވެ.