ޔުކްރޭނަށް ހަމަލާދޭ އިރު ޓިމޮޝްޗުކް ހިމޭނުން ހުންނާތީ އަދަބު ދޭން ގޮވާލައިފި
ޔުކްރޭނަށް ހަމަލާދޭ އިރު ޓިމޮޝްޗުކް ހިމޭނުން ހުންނާތީ އަދަބު ދޭން ގޮވާލައިފި

ޔޫކްރޭން (މާޗް 10) - ރަޝިއާ އިން ޔޫކްރޭނަށް ދޭ ހަމަލާތަކާ ގުޅޭގޮތުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައި ނުވާތީ، ޔޫކްރޭނުގެ ގައުމީ ފުޓުބޯޅަ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ އަނަޓޮލީ ޓިމޮޝްޗުކަށް އަދަބު ދޭން ޔޫކްރޭންގެ ފުޓުބޯޅަ އެސޯސިއޭޝަނުން ގޮވާލައިފި އެވެ.

ޔުކްރޭނަށް ހަމަލާދޭ އިރު ޓިމޮޝްޗުކް ހިމޭނުން ހުންނާތީ އަދަބު ދޭން ގޮވާލައިފި
ޔުކްރޭނަށް ހަމަލާދޭ އިރު ޓިމޮޝްޗުކް ހިމޭނުން ހުންނާތީ އަދަބު ދޭން ގޮވާލައިފި

އުމުރުން 42 އަހަރުގެ ޓިމޮޝްޗުކް މިހާރު މަސައްކަތް ކުރަމުން އަންނަނީ ރަޝިއާގެ މަޝްހޫރު ޒެނިޓް ސެއިންޓް ޕީޓަސްބާގުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގަ އެވެ. ޔޫކްރޭނަށް ރަޝިޔާ އިން ދޭ ހަމަލާތަކާ ގުޅިގެން އޭނާ ވާހަކަ ނުދައްކާތީވެ އޭނާއަށް ވަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފަ އެވެ.

ޔޫކްރޭން އެފްއޭ އިން ބޭނުންވަނީ އޭނާގެ ހުރިހާ ކާމިޔާބީތަކާއި ކޯޗިން ބެޖްތައް ވަގުތުން ވަގުތަށް އުވާލާށެވެ.

"ޔޫކްރޭނާ ދެކޮޅަށް ރަޝިޔާއިން އަސްކަރީ ޖަރީމާ ހިންގަން ފެށި ހިސާބުން ފެށިގެން، ޔޫކްރެއިންގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓިމޮޝްޗުކް، މިކަމުގައި އާންމު އެއްވެސް ބަޔާނެއް ނުދިން، އަދި ހައްދުފަހަނައަޅާފައިވާ ގައުމެއްގެ ކްލަބާއެކު އޭނާ ކުރި މަސައްކަތްވެސް ހުއްޓައެއް ނުލާ،" ކުރިން ޒެނިތަށް ދެ ފަހަރެއްގެ މަތިން ފަސް ސީޒަން ކުޅެދިން ޓިމޮޝްޗުކް އާ ގުޅޭ ގޮތުން އެ އެސޯސިއޭޝަނުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ޔޫއެފާ އިން ވަނީ ޔޫރޮޕާ ލީގު ގަދަ 16 އަށް ކޮލިފައިވި ރަޝިއާގެ ސްޕާޓާކް މޮސްކޯ މުބާރާތުން ސަސްޕެންޑް ކޮށްފަ އެވެ. އަދި އެ ޓީމާ ދެކޮޅަށް ކުޅެން ޖެހުނު ޖަރުމަންގެ އާރުބީ ލައިޕްޒިގަށް ވަނީ އޮޓަމެޓިކުން ކުއާޓާ ފައިނަލުގެ ޖާގަ ޔަގީންވެފަ އެވެ.

ޔޫކްރޭން ގައުމީ ޓީމަށް 144 މެޗު ކުޅެދިނުމަށް ފަހު ކުޅުން ހުއްޓާލި ޓިމޮޝްޗުކް ވަނީ ޖަރުމަންގެ ބެޔާން މިއުނިކާ އެކު ހަތަރު ސީޒަން ކުޅެ، ޖަރުމަން ލީގާއި ޔޫއެފާ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފަ އެވެ.

ޓިމޮޝްޗުކް ކުރިން ކުޅުނު ކުލަބް ބެޔާން މިއުނިކުން ޔޫކްރޭނުގެ ދިފާއުގައި ބަޔާންތައް ނެރެ، ކުރިޔަށް ގެންދާ ހަރަކާތްތައް ވެސް ޔޫކްރޭން އެފްއޭގެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ. އަދި ޓިމޮޝްޗުކްގެ މި ނިންމުންތަކާ ގުޅިގެން ޔޫކްރެއިންގެ ފުޓްބޯޅަ ވަނީ ކިލަނބުވެފައި ކަމަށާއި، މިއީ ޔޫކްރޭން ފުޓުބޯޅަ އެސޯސިއޭޝަންގެ ފެއާޕްލޭ ގަވާއިދާ ހިލާފް ކަމެއް ކަމުގައި ވެސް ބަޔާނުގައިވެ އެވެ.

ޔުކްރޭނުގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި އަންޑްރޭ ޝެވްޗެންކޯ އާއި ޑައިނަމޯ ކިއެވް އަށް ކުޅުނު މަޝްހޫރު ގޯލްކީޕަރު އޮލެކްސެންޑާ ޝޮވްކޮވްސްކީއާ އެކު ޓިމޮޝްޗުކް ވެސް ހިމެނެ އެވެ.

ހަނގުރާމައިގެ ވާހަކަ ނުދައްކާ ހުރެގެން ޓިމޮޝްޗުކުގެ ލެގަސީ އަމިއްލަ އަށް ހަލާކު ކުރަމުންދާ ކަމަށް އިޓަލީގެ އެޓަލާންޓާ އަށް ކުޅޭ ޔޫކްރޭނުގެ މިޑްފީލްޑަރު ރުސްލާން މަލިނޮވްސްކީ ވަނީ، ވަނީ ސޯޝަލް މީޑިއާގައި ބުނެފަ އެވެ.

"އޭނާ ހަނގުރާމައާ ބެހޭގޮތުން ވާހަކަ ނުދައްކާ ހުރުމަކީ ގޯހެއް. އެހެން ކަންތައްވާ ނަމަ އަހަރެންނަށް 100 ޕަސެންޓް ޔަގީން، އޭނާ މިހާރު (ނުވަތަ ދުވަހަކު ވެސް) ޔޫކްރެއިން ފުޓްބޯޅައިގެ ލެޖެންޑެއްގެ ގޮތުގައި ނުބެލެވޭނެކަން. އޭނާގެ ހުރިހާ ކާމިޔާބީއެއް މިހާރު ހަނދާން ނެތިއްޖެ،" މަލިނޮވްސްކީ ކުރި ޓްވީޓެއްގައިވެ އެވެ.

ޔޫއެފާ ޔޫރޮޕާ ލީގު ޕްލޭއޮފްގައި ގްރީސްގެ އޮލިމްޕިއާކޯސްއާ ދެކޮޅަށް ކުޅުނު ދެވަނަ ލެގުގައި ލަނޑު ޖެހުމަށް ފަހު މަލިނޮވްސްކީ ވަނީ ޖޯޒީގެ އެތެރޭންލާފައިވާ ޓީޝާޓުގައި ލިޔެފައިވާ ޔޫކްރޭނުގައި ހަނގުރާމަ ނުކުރަން ގޮވާލައި މެސެޖް ދައްކާލައިފަ އެވެ. ނަމަވެސް އޭނާއަށް ރީނދޫ ކާޑެއް ނުލިބި ވަނީ ސަލާމަތްވެފަ އެވެ.

އެކަމަކު މީގެ ކުރިން މުސްލިމު ގައުމުތަކާ ދެކޮޅަށް ދުނިޔޭގައި ހިންގާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް މިފަދަ ލިޔުންތައް، ލަނޑު ޖެހުމަށް ފަހު ކުޅުންތެރިން ދެއްކުމުން ސިޔާސީ ސްލޯގަނެއް ކަމަށް ބަލައި ރީނދޫ ކާޑު ދައްކާފައިވެ އެވެ.