09 މާޗް 2022 - 14:12

އެމްޕީއެލްއަށް ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ އަންހެން މުވައްޒަފުންގެ އަގުވަޒަންކޮށް ހާއްސަ އެވޯޑުތަކެއް ރޭ ދީފި އެވެ.

އަންހެނުންގެ ދުވަސް ފާހަގަ ކުރަން ކްރޮސްރޯޑްސްގައި ބޭއްވި ހަފްލާގައި، އެމްޕީއެލަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ 12 އަންހެން މުވައްޒަފަކަށް ވަނީ އެވޯޑު ދީފަ އެވެ. މީގެ ތެރޭގައި 20 އަހަރު ވަންދެން ކުންފުންޏަށް ހިދުމަތް ކުރި މުވައްޒަފުން ވެސް ހިމެނެ އެވެ. އެވޯޑުތައް ހަވާލުކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ.
އެ ހަފުލާގައި އެމްޕީއެލަށް އެންމެ ގިނަ ދުވަސް ވަންދެން ހިދުމަތް ކޮށްދިން މުވައްޒަފު ފާހަގަކޮށް ވެސް ވަނީ ހާއްސަ އެވޯޑެއް ދީފަ އެވެ.
އެ އެވޯޑު ލިބުނީ އެ ކުންފުނީގެ ކާގޯ އެޕަރޭޝަންސް ޑިޕާޓްމެންޓްގެ ސީނިއާ ޗީފް މެނޭޖަރު، ރަޒިއްޔާ މޫސާ އަށެވެ. އޭނާ ވަނީ 30 އަހަރަށްވުރެ ދިގު މުއްދަތަކަށް އެ ކުންފުންޏަށް ހިދުމަތް ކޮށްފަ އެވެ.
- ރަޒިއްޔާ މޫސާ: ކާގޯ އޮޕަރޭޝަންސްގެ ސީނިއާ ޗީފް މެނޭޖަރު
- ފާތިމަތު ސާދުނާ: ސީނިއާ މެނޭޖަރު، ފައިނޭންސް
- ފާތިމަތު ބަދޫރާ: މެކޭނިކަލް އެންޑް އިލެކްޓްރިކަލް އިންޖީނިއަރިން މެނޭޖަރު
- ރަހުމަތު: ސީނިއަ މެނޭޖަރު، ފައިނޭންސް
- ފާތިމަތު އަލީ: އެޗްއާރު، އެސިސްޓެންޓް ޖެނެރަލް މެނޭޖަރު
- ފާތިމަތު ނާޝިދާ: މެކޭނިކަލް އެންޑް އިލެކްޓްރިކަލް އިންޖީނިއަރިން، ސީނިއާ މެނޭޖަރު
- ފާތިމަތު ނާޒިމާ: މެނޭޖަރު، މާލެ ނޯތު ހާބާ
- އަޒްލީމާ އަބްދުލްސަމަދު: އެޑްމިނިސްޓްރޭޓިވް އޮފިސަރު، ސެކިއުރިޓީ ސޭފްޓީ އެންޑް އިމަޖެންސީ ސާވިސަސް
- އަމީޒާ އަލީ: މެކޭނިކަލް އެންޑް އިލެކްޓްރިކަލް އިންޖީނިއަރިން، ސީނިއާ މެނޭޖަރު
- ބިޝާރާ އަބްދުއްލަތީފު: އޮފީސް އެޓެންޑެންޓް
- އައިޝަތު ސުނީޒާ: ސީނިއާ މެނޭޖަރު، ހުޅުމާލެ ޓާމިނަލް އޮޕަރޭޝަންސް
- އައިޝަތު ޝިމްލާ: އެސިސްޓެންޓް ޖެނެރަލް މެނޭޖަރު، އެޑްމިނިސްޓްރޭޝަން
ގިނަ ދުވަހު ހިދުމަތް ކުރި އަންހެން މުވައްޒަފުންގެ އިތުރުން އެ ކުންފުނީގެ ސެކްރެޓެރިއެޓުންގެ ގޮތުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް ވެސް ހާއްސަ އެވޯޑެއް އެ ހަފުލާގައި އެމްޕީއެލުން ވަނީ ދީފަ އެވެ. އެ އެވޯޑު ހަތަރު މުވައްޒަފަކަށް ލިބުނެވެ.