20 ޑިސެމްބަރ 2016 - 14:55

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ނައިބު ރައީސަކަށް، އެ ކޮމިޝަންގެ މެމްބަރު ހައްސާން ހަމީދު މިއަދު އިންތިހާބުކޮށްފި އެވެ.
އެންއައިސީގެ ނައިބު ރައީސަކަށް ހައްސާން އިންތިހާބުކުރީ، ކުރިން އެ މަގާމުގައި ހުންނެވި ޔޫސުފް މާނިއު މުހައްމަދު އެ ކޮމިޝަންގެ ރައީސަކަށް އިއްޔެ އައްޔަން ކުރުމުންނެވެ. އެންއައިސީގެ ރައީސަކަށް މާނިއު އައްޔަން ކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ފަރުހާދު ވަކިކުރެއްވުމަށް ފަހުގަ އެވެ. އެކަމަކު އެންއައިސީގެ މެމްބަރުކަމުން ފަރުހާދު ވަކި ނުކުރެ އެެވެ.
އެންއައިސީގެ ގާނޫނުގައިވާ ގޮތުން އެ ކޮމިޝަންގެ ރައީސް އައްޔަންކޮށް، ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެކަމަކު ކޮމިޝަންގެ ނައިބު ރައީސް ހޮވަނީ އެ ކޮމިޝަންގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
އެންއައިސީގެ އާ ނައިބު ރައީސް ހައްސާނަކީ އެސްޓީއޯ އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ގާނޫނީ ވަކީލަކަށް ވެސް އުޅުއްވި ބޭފުޅެކެވެ.