ނެށުންތެރިޔާ ތުޝާރު އެންގޭޖްވެއްޖެ
ނެށުންތެރިޔާ ތުޝާރު އެންގޭޖްވެއްޖެ

ބޮލީވުޑްގެ މަޝްހޫރު ކޮރިއެގްރެފާ ތުޝާރު ކާލިއާ، އޭނާގެ ލޯބިވެރިޔާ ތްރިވެނީ ބަރްމަންއާ އިއްޔެ އެންގޭޖުވެއްޖެ އެވެ.

އިންސްޓަގްރާމް މެދުވެރިކޮށް އެ އުފާވެރި ޚަބަރު ތުޝާރު ސަޕޯޓަރުންނަށް ހިއްސާކުރި އިރު، އޭނާ ބުނީ އުފަން ދުވަހު މިއަށް ވުރެ ބޮޑު ހަދިޔާއެއް ނުލިބޭނެ ކަމަށެވެ. އަދި މިއީ އެންމެ "ބެސްޓް" ހަދިޔާ ކަމަށް ވެސް ބުންޏެވެ.

އެ ޚަބަރު ހިއްސާކުރުމަށް ދެ މީހުން އެކުގައި ނަގާފައިވާ ލޯބި ފޮޓޯގަނޑެއް ވެސް ސޯޝަލް މީޑިއާ އަށް ދޫކޮށްލި އެވެ. އެއާ އެކު އެތައް ބަޔަކު ވަނީ އެ މީހުންނަށް މަރުހަބާގެ މެސެޖުތައް ފޮނުވައިފަ އެވެ.

ތުޝާރު ވަނީ "އޭ ދިލްހޭ މުޝްކިލް" އާއި "ހާފް ގާލްފްރެންޑް" އަދި "އޯކޭ ޖާނޫ" ކަހަލަ ފިލްމުތައް ކޮރިއެގްރާފު ކޮށްފަ އެވެ. އޭނާ އަކީ "ޑާންސް ދީވާނޭ" ގެ ޖަޖެއް ވެސް މެ އެވެ.