130 އަހަރު ކުރިން ގެއްލުނު ބޯޓެއް ފެނިއްޖެ
130 އަހަރު ކުރިން ގެއްލުނު ބޯޓެއް ފެނިއްޖެ

މީގެ 130 އަހަރު ކުރިން އެމެރިކާގެ ކޯރަކަށް ފެތި، ގެއްލުނު ބޯޓެއް އެ ކޯރުގެ އަޑިން ފެނިއްޖެ އެވެ.

130 އަހަރު ކުރިން ގެއްލުނު ބޯޓެއް ފެނިއްޖެ
130 އަހަރު ކުރިން ގެއްލުނު ބޯޓެއް ފެނިއްޖެ

މިދިޔަ ބުރާސްފަތި ދުވަހު "އެޓްލަންޓާ" ކިޔާ އެ ބޯޓް ފެނިފައި ވަނީ އެމެރިކާގެ މިޝިގަންގެ ކޯރެއް ކަމަށްވާ ލޭކް ސުޕީރިއާގެ 650 ފޫޓު އަޑިންނެވެ. ކޯރުން އެ ބޯޓް ފެނުނު ސީދާ ސަރަހައްދު އަދި ހާމަކޮށްފައި ނުވިޔަސް، އޭގެ ބައެއް ފޮޓޯތަކާއި ވީޑިއޯތައް އާންމުކޮށްފައިވެ އެވެ.

އެ ބޯޓް ހޯދީ ކޯރުތަކުގެ އަޑިއަށް ގޮސްފައި ހުންނަ ބޯޓުތަކުގެ ދިރާސާތައް ކުރާ އެމެރިކާގެ މިއުޒިއަމެއް ކަމަށްވާ ގްރޭޓް ލޭކްސް ޝިޕްރެކް ހިސްޓޮރިކަލް ސޮސައިޓީންނެވެ.

ދިގުމިނުގައި 172 ފޫޓް ހުންނަ އެ ބޯޓް ހޯދުމަށް ސުޕީރިއާ ލޭކްގެ 2،500 މޭލުގެ ސަރަހައްދެއް ބަލާފައިވެ އެވެ.

އެ ބޯޓް ފެތުނީ މެއި 4، 1891 ގައި ކޯލް ބަރުކޮށްގެން ދަތުރުކުރަނިކޮށް ތޫފާނެއްގައި ޖެހިގެންނެވެ. އެ ހާދިސާގައި އެ ބޯޓުން ދަތުރުކުރި ހަތް މީހުންގެ ތެރެއިން ސަލާމަތްވީ އެންމެ ދެ މީހުންނެވެ.