ކުޅުދުއްފުށީގައި ސައިކަލެއް އެކްސިޑެންޓްވެ އަލިފާން ރޯވެއްޖެ
ކުޅުދުއްފުށީގައި ސައިކަލެއް އެކްސިޑެންޓްވެ އަލިފާން ރޯވެއްޖެ

ހދ. ކުޅުދުއްފުށީގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް އެކްސިޑެންޓުވެ، ސައިކަލުގައި ރޯވެއްޖެ އެވެ.

ކުޅުދުއްފުށީގައި ސައިކަލެއް އެކްސިޑެންޓްވެ އަލިފާން ރޯވެއްޖެ
ކުޅުދުއްފުށީގައި ސައިކަލެއް އެކްސިޑެންޓްވެ އަލިފާން ރޯވެއްޖެ

މިއަދު ހެނދުނު 9:20 ހާއިރު ސައިކަލު އެކްސިޑެންޓުވީ ކުޅުދުއްފުށީ ބޮޑުމަގުން ބާރަށް ދުއްވާފައި ދަނިކޮށް ކޮންޓްރޯލުން ނެއްޓި މަގުގެ މެދުގައި ހުރި ހޮޅިދަނޑިއެއްގައި ޖެހިގެންނެވެ.

ސައިކަލް ގޮސް ހޮޅިދަނޑީގައި ޖެހުނު ބާރުމިނާ އެކު ސައިކަލް ދުއްވަން އިން ޒުވާނާ ވެސް ވަރަށް ދުރަށް ވިއްސައިގެން ދިޔަ ކަމަށް މަންޒަރު ދުށް މީހަކާ ހަވާލާދީ އެ ރަށުން ވާހަކަ ދެއްކި މީހަކު "މިހާރު" އަށް ކިޔައިދިނެވެ.

ސައިކަލް ދުއްވަން އިން ވިއްސަކަށް އަހަރުގެ ފިރިހެން މީހާ ވިއްސައިގެން ގޮސް ގައިގެ އެކި ތަންތަން މަށައިގެން ދިޔަ ނަމަވެސް އޭނާއަށް މާ ސީރިއަސް އަނިޔާތަކެއް ނުލިބެ އެވެ. ނަމަވެސް އެކްސިޑެންޓުވި މަންޒަރު ފެނުނު މީހަކު ޕެނިކްވެގެން ހޮސްޕިޓަލަށް ގެންދަން ޖެހުނުކަން އެނގިފައިވެ އެވެ.

ސައިކަލުގައި ރޯވީ ވިއްސައިގެން ގޮސް ހޮޅިދަނޑީގައި ޖެހުނު ވަގުތު އެވެ.

ވަރަށް ބޮޑަށް ސައިކަލުގައި ރޯވެ އެ ނިއްވާލަން ޖެހުނީ ފަޔާ އެންޑް ރެސްކިއު ސާވިސްގެ އެހީތެރިކަމާ އެކު އެވެ. އެކަމަކު އަލިފާންގަނޑު ނިއްވާލިއިރު ސައިކަލު އޮތީ ބޭނުންނުކުރެވޭ ވަރުވެފަ އެވެ.