ރަޝިޔާގެ ދެ މަހުޖަނެއްގެ ޔޮޓް އިޓަލީން ހިފަހައްޓައިފި
ރަޝިޔާގެ ދެ މަހުޖަނެއްގެ ޔޮޓް އިޓަލީން ހިފަހައްޓައިފި

ރޯމް (މާޗް 5) - ރަޝިޔާގެ އެންމެ ބޮޑެތި މުއްސަނދިންގެ ތެރޭގައި ދެ މީހެއްގެ އަގު ބޮޑު ޔޮޓް އިޓަލީ ފުލުހުން ހިފަހައްޓައިފި އެވެ.

އިޓަލީން ހިފަހައްޓާފައި ވަނީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ އެލެކްސީ މޯޑަޝޯފްގެ 213 ފޫޓު (65 މީޓަރު) ގެ ޔޮޓާއި ޕުޓިންއާ ހަމަ އެހާ ގާތް ބިލިއަނަރެއް ކަމަށްވާ ގެންނާޑީ ޓިންޗެންކޯގެ ޔޮޓެވެ. އެލެކްސީގެ ޔޮޓުގެ އަގަކީ 27 މިލިއަން ޑޮލަރެވެ.

އެލެކްސީގެ މިލްކިއްޔާތުގެ އަގު 29 ބިލިއަން ޑޮލަރަށް އަރަ އެވެ. އޭނާ އަކީ ރަޝިޔާގެ އުތުރުގެ ބަނދަރު ސަރަހައްދެއް ކަމަށްވާ އިމްޕީރިއާގެ އެންމެ ބޮޑު މަހުޖަނެވެ. އޭނާ އަކީ ދަގަނޑު ވިޔަފާރިކުރާ މީހެކެވެ.

ތެލުގެ ވިޔަފާރި ކުރާ ޓިމްޗެންކޯގެ މިލްކިއްޔާތުގެ އަގު 17 ބިލިއަން ޑޮލަރަށް އަރަ އެވެ.

ރަޝިޔާ އިން ޔުކްރޭނަށް އެރުމާ ގުޅިގެން ޔޫރަޕުން ވަނީ އެ ގައުމުގެ 680 ފަރުދަކާއި 53 ކުންފުންޏަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. ދަތިކުރުމުގެ ފިޔަވަޅު އެޅި މީހުންގެ ތެރޭގައި އެލެކްސީ އާއި ޓިމްޗެންކޯ ހިމެނެ އެވެ.

ރަޝިޔާގެ މަހުޖަނުންގެ ޔޮޓްތައް މިދިޔަ ހަފުތާގައި ވަނީ ފްރާންސާއި ޖަރުމަނުން ވެސް ހިފަހައްޓައިފަ އެވެ.