މޯމޯސް އާއި ފަލޫދާ އަށް ހާއްސަ ރެސްޓޯރެންޓެއް ހުޅުމާލޭގައި ހުޅުވައިފި
މޯމޯސް އާއި ފަލޫދާ އަށް ހާއްސަ ރެސްޓޯރެންޓެއް ހުޅުމާލޭގައި ހުޅުވައިފި

ދިވެހިންގެ މަގުބޫލުކަން ހޯދާފައިވާ ކެއުމުގެ ބާވަތެއް ކަމަށްވާ "މޯމޯސް" އާއި ފަލޫދާ އަށް ހާއްސަ ރެސްޓޯރެންޓެއް ހުޅުމާލޭގައި މިއަދު ހުޅުވައިފި އެވެ.

މޯމޯސް އާއި ފަލޫދާ އަށް ހާއްސަ ރެސްޓޯރެންޓެއް ހުޅުމާލޭގައި ހުޅުވައިފި
މޯމޯސް އާއި ފަލޫދާ އަށް ހާއްސަ ރެސްޓޯރެންޓެއް ހުޅުމާލޭގައި ހުޅުވައިފި

މިއީ، މީގެ ހަތަރު މަހެއްހާ ދުވަސް ކުރިން ހުޅުމާލޭގައި ހުޅުވި އިންޑިއާގެ މަގުބޫލް ރެސްޓޯރެންޓް ޗެއިން "ނަގާސް" ގެ މެނޭޖުމަންޓުން ހުޅުވި ތަނެކެވެ.

މޯމޯސް އާއި ފަލޫދާ އަށް ހާއްސަ ރެސްޓޯރެންޓެއް ހުޅުމާލޭގައި ހުޅުވައިފި
މޯމޯސް އާއި ފަލޫދާ އަށް ހާއްސަ ރެސްޓޯރެންޓެއް ހުޅުމާލޭގައި ހުޅުވައިފި

"ނަގާސް" އާ ޖެހިގެން ހަދާފައިވާ "މޯމޯސް" ރެސްޓޯރަންޓް މިއަދު ހަވީރު ހުޅުވައިދިނީ ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަތަރި އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

މޯމޯސް އާއި ފަލޫދާ އަށް ހާއްސަ ރެސްޓޯރެންޓެއް ހުޅުމާލޭގައި ހުޅުވައިފި
މޯމޯސް އާއި ފަލޫދާ އަށް ހާއްސަ ރެސްޓޯރެންޓެއް ހުޅުމާލޭގައި ހުޅުވައިފި

"ނަގާސް" ބްރޭންޑްގެ އެންމެ އިސްވެރިޔާ އަދި އެ ވިޔަފާރީގެ މޭސްތިރިޔާ އިންޑިއާ އަށް އުފަން ހާރިސް އަލީ "މިހާރު" އަށް ވިދާޅުވީ ނަގާސް ގޮތަށް އެ ބްރޭންޑްގެ ދަށުން ހުޅުވާ ކޮންމެ ރެސްޓޯރެންޓަކީ ވެސް ކެއުމުގެ ވަކި ބާއްވަތަކަށް ހާއްސަ ކޮށްގެން ހުޅުވާ ތަންތަން ކަމަށެވެ. ރާއްޖޭގައި އަލަށް ހުޅުވި މޯމޯސް އަދި ފަލޫދާ ރެސްޓޯރެންޓުން ތަފާތު ބާވަތްތަކުގެ މޯމޯސް އާއި ފަލޫދާ ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މޯމޯސް އާއި ފަލޫދާ އަށް ހާއްސަ ރެސްޓޯރެންޓެއް ހުޅުމާލޭގައި ހުޅުވައިފި
މޯމޯސް އާއި ފަލޫދާ އަށް ހާއްސަ ރެސްޓޯރެންޓެއް ހުޅުމާލޭގައި ހުޅުވައިފި

ހާރިސް ވިދާޅުވީ މޯމޯސްއަކީ ނޭޕާލާއި ޓިބެޓްގައި ހަވީރު ސަޔަށް ތައްޔާރު ކުރަން ފެށި ބާވަތެއް ކަމަށް ވިޔަސް އެއީ ހުރިހާ ވަގުތެއްގައި ވެސް ކެވޭ އަދި އަމިއްލަ ރަހަތައް ހިމެނޭ ގޮތަށް ފަހުން އިންޑިއާގައި ބްރޭންޑް ކޮށްފައިވާ ކަމަށެވެ. އެ ރަހަތަކަށް އިންޑިއާގައި ބޮޑު ތަރުހީބެއް ލިބިފައިވާއިރު ދިވެހިންނާއި ރާއްޖޭގައި ތިބޭ ބިދޭސީންނަށް ވެސް ރަހަތައް ކަމުދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މޯމޯސް އާއި ފަލޫދާ އަށް ހާއްސަ ރެސްޓޯރެންޓެއް ހުޅުމާލޭގައި ހުޅުވައިފި
މޯމޯސް އާއި ފަލޫދާ އަށް ހާއްސަ ރެސްޓޯރެންޓެއް ހުޅުމާލޭގައި ހުޅުވައިފި

"ގިނައިން ރެސްޓޯރެންޓުތަކުގައި މި ހުންނަނީ ހުރިހާ ބާވަތެއް ލިބޭ ގޮތަށް. އެކަމަކު އަޅުގަނޑުމެން ވިސްނީ ކޮންމެ ކެއުމަކަށް ވެސް ހާއްސަ ތަނެއް ހުޅުވަން. އެހެންވެ އިންޑިއާ ކެއުމަށް ނަގާސް އަދި މޯމޯސް އަށް ހާއްސަ ކޮށްގެން މި ތަން މި ހުޅުވީ،" ހާރިސް ވިދާޅުވި އެވެ.

މޯމޯސް އާއި ފަލޫދާ އަށް ހާއްސަ ރެސްޓޯރެންޓެއް ހުޅުމާލޭގައި ހުޅުވައިފި
މޯމޯސް އާއި ފަލޫދާ އަށް ހާއްސަ ރެސްޓޯރެންޓެއް ހުޅުމާލޭގައި ހުޅުވައިފި

"މި ތަނުގައި ތަފާތު ބާވަތްތަކުގެ މޯމޯސް އާއި ފަލޫދާ އެބަ ހަދަން. އިންޑިއާގައި ވެސް އަޅުގަނޑުމެން ހުޅުވި ރެސްޓޯރެންޓުތައް ވަރަށް ކާމިޔާބު. ރާއްޖޭގައި މި ހުޅުވި ތަނަށް އަންނަ މީހުންނަށް ވެސް އަޅުގަނޑު ޔަގީންކަން ދެން އެއްފަހަރު މޯމޯސް ކައިފިއްޔާ ތަކުރާރުކޮށް އަންނަ ހިތްވާނެ ކަން."

މޯމޯސް އަކީ ނޭޕާލުގެ ހާއްސަ ބާވަތަކަށް ވުމުން އޭގެ އަސްލު ރަހަ ދިވެހިންނަށް ފޯރުކޮށްދިނުމަށް އެ ރެސްޓޯރެންޓުގައި މޯމޯސް ތައްޔާރު ކުރަން ހުންނަނީ ވެސް އެ ގައުމުގެ ޝެފެކެވެ.

ހާރިސް ވިދާޅުވިގޮތުގައި، މޯމޯސް އަށް ހާއްސަ ރެސްޓޯރަންޓެއް ރާއްޖޭގައި ހުޅުވީ، ނަގާސްގެ ތަޖުރިބާގެ އަލީގަ އެވެ.

"މިދިޔަ މަދު ދުވަސްތަކުގައި ނަގާސް އަށް ދިވެހިންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބުނު. އަޅުގަނޑުމެންނަށް ޔަގީންވި އެއް ކަމަކީ ކެއުމުގެ ތަފާތު އުފެއްދުންތަކާއި ކެއުމުގެ އާ ރަހަތަށް ބަލަން ދިވެހިން ވަރަށް ބޮޑަށް ބޭނުންވާކަން. ރާއްޖޭގައި ތިބެގެން އެ ރަހަތަށް ބަލާލަން ލިބުމަކީ ބޮޑު ކުރިއެރުމެއް ކަމަށް އަޅުގަނޑުމެން ދެކެނީ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ހުޅުވި މޯމޯސް ރެސްޓޯރަންޓުން މި ވަގުތު 28 ވައްތަރެއްގެ ފަލޫދާ އާއި 25 ވައްތަރުގެ މޯމޯސް ލިބެން ހުންނާނެ އެވެ. ރެސްޓޯރެންޓު ހުންނާނީ ހުޅުމާލޭގެ ޓްރެކް ސަރަހައްދު ކައިރިން އުނިގަސް މަގުގައި ނަގާސް ރެސްޓޯރެންޓް ކައިރީގަ އެވެ. އެ ރެސްޓޯރެންޓު ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން ދަންވަރު 1:00 އަށެވެ.

ނަގާސްއާ އެއްގޮތަށް މޯމޯސް ރެސްޓޯރެންޓުން ވެސް ޑައިން އިންގެ އިތުރުން ޓޭކް އަވޭ އާއި ޑެލިވަރީގެ ހިދުމަތް ލިބޭނެ އެވެ. ޑެލިވަރީ އާއި ޓޭކްއަވޭ ހިދުމަތް 7949499 އަށް ގުޅައިގެން ހޯދޭނެ އެވެ.

ނަގާސްގެ ދަށުން ކުރިއަށް އޮތްތަނުގައި ވެސް ތަފާތު ބާަވަތްތަކުގެ ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓުތައް މާލެ ސަރަހައްދުގައި ހުޅުވަން ވަނީ ރާވައިފަ އެވެ.