02 މާޗް 2022 - 18:15

އަންނަ މަހު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވިލާ ކޮލެޖުން މިއަދު ހުޅުވާލައިފި އެވެ.
އެ ކޮލެޖުން ވަނީ 122 ކޯހަކަށް ފުރުސަތު ހުޅުވާލާފަ އެވެ. މީގެ ތެރޭގައި މާސްޓާސް 16 ކޯހާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ނުވަ ކޯހާއި، ޑިގްރީ ފެންވަރުގެ 35 ކޯހާއި، ޑިޕްލޮމާ ފެންވަރުގެ 26 ކޯހާއި ފައުންޑޭޝަން ފެންވަރުގެ 17 ކޯސް އަދި ސެޓްފިކެޓް 3 ގެ 12 ކޯހާއި ލެވެލް ދޭއްގެ ކޯހެއް ހިމެނެ އެވެ.
މީގެ އިތުރުން އޭސީސީއޭގެ ނޮލެޖް ލެވެލް އާއި ސްކިލް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލްގެ އިތުރުން، އޭސީސީއޭ ކިޔަވާ ދަރިވަރުންނަށް ހާއްސަ، އޭސީސީއޭ އެކްސެލެރޭޓް އަދި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރުކްސް ޔުނިވާސިޓީގެ ބީއެސްސީ (އޮނާސް) އިން އެޕްލައިޑް އެކައުންޓިން ކޯހަށް ވަނުމުގެ ފުރުސަތު ވެސް ކުރިއަށް މެއި އިންޓޭކަށް ވަނީ ހުޅުވާލާފަ އެވެ.
އަލަށް ހުޅުވާލި ކޯސްތަކުގެ ތެރޭގައި އޮންލައިން ކޯހާއި، ހައިބްރިޑް (އޮންލައިން އަދި ފޭސްޓުފޭސް) ކޯހާއި ފޭސް ޓު ފޭސް ކޮށް ކިޔެވޭ ކޯސް ހިމެނެ އެވެ.
ވިލާއިން ކޯސްތައް ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރޭގައި އައިޓީ އާއި، ކޮމްޕިއުޓަ ސައިންސާއި ޓީޗިން އާއި ޝަރީއާ އާއި ލޯ އާއި ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ އާއި، ބިޒްނަސް މެނޭޖްމަންޓާއި އޭވިއޭޝަން މެނޭޖްމެންޓާއި އިންޓަނޭށަނަލް ބިޒްނަސް އާއި އިކޮނޮމިކްސް، އެކައުންޓިން އެންޑް ފައިނޭންސް އާއި ބޭންކިން އެންޑް ފައިނޭންސާއި މާކެޓިން އާއި އެޗް އާރާއި، އިންޖިނިއަރިން ރިސާޗާއި ނާސިން އާއި ސައިކޮލޮޖީ އާއި ޕަބްލިކް ހެލްތު އަދި އިންޓީރިއަ އާކިޓެކްޗާ އެންޑް ޑިޒައިން ހިމެނެ އެވެ.
މިއީ ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ މާސްޓާސް އަދި ފުރަތަމަ ޑިގްރީގެ ކޯސްތަކެވެ.
ވިލާ ކޮލެޖުގެ މާލޭގައި ހުންނަ ކިއުއައި ކެމްޕަހުގެ އިތުރުން ވިލާ ކޮލެޖު އަތޮޅުތެރޭގެ ކެމްޕަސްތަކުގައި ވެސް މި ކޯސްތައް ފަށާނެ އެވެ.
ކޯސްތަކުގައި ބައިވެރިވާން އަންނަ މަހުގެ 30ގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާފަ އެވެ. ކޯސްތަކުގެ ކިޔެވުން، ފަށާނީ މެއި މަހުގެ 3 ވަނަ ހަފްތާ ތެރޭގަ އެވެ.
ވިލާ ކޮލެޖުން ވަނީ އެ ކޮލެޖުގައި ކިޔަވާ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދައި ދިނުމަށް މަހުން މަހަށް ފީ ދެއްކޭނެ ގޮތް ހަދައިދީފަ އެވެ. އަދި ސަރުކާރުގެ ފުރަތަމަ ޑިގްރީގެ ދަށުންވެސް ވިލާ އިން ކިޔެވޭނެ އެވެ.