ނޭހާ ކައްކަރުގެ އާ ލަވަ ކަމަކުނުދޭ
ނޭހާ ކައްކަރުގެ އާ ލަވަ ކަމަކުނުދޭ

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކަރު އެންމެ ފަހުން ނެރުނު ލަވަ "ނާރާޒްގީ" އަށް މީހުންގެ ތަފާތު ފާޑުކިޔުމާ ކުރިމަތިލާން ޖެހިއްޖެ އެވެ. ގިނަ މީހުންނަށް އެ ލަވަ ކަމަކު ނުދިޔަ އެވެ.

ހޯމަ ދުވަހު ނެރުނު އެ ލަވައިގެ ބައެއް މަންޒަރުތައް ނޭހާ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކޮށްފަ އެވެ. އެކަމަކު މި ލަވައާ އެކު ސަޕޯޓަރުން މާޔޫސްވެ އޭނާ އަށް ފާޑުކިޔާފައިވެ އެވެ.

ލަވަ ފަށާއިރު ކިޔަނީ ވަރަށް އެކަނިވެރި އިހުސާސެއް ކުރެވޭ ކަމަށާއި ލޯބިވެރިޔާއާ ނުލާ އެކަނިވެރިވެފައިވާ ކަމަށެވެ. އިނގިރޭސި ބަހުން އެ ބައި ކިޔަސް ޖުމްލަކޮށް މިއީ ހިންދީ ލަވައެކެވެ.

އޭނާގެ އިނގިރޭސި އެކްސެންޓް ކަމުނުގޮސްގެން ބައެއް މީހުން ކޮމެންޓްކުރި އިރު، އެއް ބަޔަކު ބުނީ އަޑު އަހަން ވަރަށް އުނދަގޫ ކަމަށެވެ. އަދި ރަނގަޅަށް ހިންދީ ބަހުން ލަވަ ނުކިޔޭ އިރު، އިނގިރޭސި ބަހުން ލަވަ ކިޔަން އުޅެނީތޯ އާއި "ދުއާ ލިޕާ" އަށް ވާން މަސައްކަތްކުރަނީތޯ ވެސް ބައެއް މީހުން އެހި އެވެ.

އެ ލަވަ އަށް ފާޑުކިޔަސް މިހާތަނަށް 11 މިލިއަން ވިއުސް ލިބިފައިވެ އެވެ. އާންމުކޮށް ވެސް ނޭހާ އަކީ ހިޓް ލަވަތަކެއް ގެނެސްދިން ތަރިއެކެވެ. އޭނާގެ އަޑުގެ ޖާދޫގައި ދިވެހިންގެ ތެރެއިން ވެސް އެތައް ބަޔަކު ޖެހިފައިވެ އެވެ.