02 މާޗް 2022 - 13:39

މަސްތުވާތަކެތީގެ ދައުވާތަކެއް އުފުލާފައިވާ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ބޭސްފަރުވާ އަަށް ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޕެސްޓާއި އިތުރު ބަޔަކު ހައްޔަރުކޮށް، މަސްތުވާތަކެތީގެ ބޮޑެތި ދައުވާތަކެއް އެ މީހުންގެ މައްޗަށް އުފުލާފައިވެ އެވެ. ކުށް ސާބިތުވެއްޖެ ނަމަ، އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ފަދަ ދައުވާތަކެއް އުފުލައި، ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ވަނިކޮށް ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ޝަރުތުތަކާ އެކު، ޕެސްޓް ބަންދުން ދޫކޮށްލީ ބޭސްފަރުވާއަށް ދެ މަހަށެވެ.
އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފަށް ހުށަހެޅިޔަސް، އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން ގޮތެއް ނުނިންމަ އެވެ.
ޕެސްޓް ބަންދުން ދޫކުރުމުގައި ކޯޓުން ކުރި ޝަރުތަކީ ބޭސްފަރުވާގެ ބޭނުމަށް ނޫން ގޮތެއްގައި ގެއިން ބޭރަށް ނުނިކުތުމެވެ.