02 މާޗް 2022 - 08:40

ކާބޯތަކެތި ހަދާ މީހުންނާއި އެ ވިއްކާ މީހުންނަށް ހާއްސަ ކޮށްގެން ގައުމީ ޔުނިވާސިޓީން ބާއްވާ ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިއީ ކާބޯތަކެތި ހަދަން ޝައުގުވެރިކަން ހުންނަ މީހުންނަށް އެ ހުނަރު ދައްކާލުމުގެ ފުރުސަތު ދިނުމަށް ގައުމީ ޔުނިވާސިޓީން ބާއްވާ ހަރަކާތެކެވެ. މި ހަރަކާތުގައި ކާބޯތަކެތީގެ އާ ބްރޭންޑުތަކާއި ރަހަތައް ވެސް އިޝްތިހާރު ކުރެވޭނެ އެވެ.
ފެއާއެއް ގޮތަށް ކުރިއަށްގެންދާ މި ހަރަކާތް އޮންނާނީ މި މަހުގެ 24 އިން 26 އަށް ކޮންމެ ދުވަހެއްގެ މެންދުރު 2:00 އިން ރޭގަނޑު 10:00 އަށެވެ. އެ ހަރަކާތް ކުރިއަށްދާނީ ގައުމީ ޔުނިވާސިޓީގެ އިދާރީ މަރުކަޒުގަ އެވެ.
ގައުމީ ޔުނިވާސީޓީގެ ފަހި ސުފުރާ ބާޒާރުގައި ހިލޭ ބައިވެރިވެވޭނެ އެވެ. ފޯމު ފޮނުވާ ތަރުތީބުން ބައިވެރިންނަށް ސްޓޯލްތައް ހަމަ ޖެހޭނެ ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.