01 މާޗް 2022 - 23:03

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ހަތަރު ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެ ހޮސްޕިޓަލުން ބައެއް ސާޖަރީތައް އަގުހެޔޮ ކޮށްފި އެވެ.
އަގުހެޔޮ ކުރި އައިޕީޑީ ސާޖަރީތަކުގެ ތެރޭގައި ޖެނެރަލް ސާޖަރީ އާއި ނާރުގެ ސާޖަރީ އާއި ނިއުރޯ ސާޖަރީ އާއި އިންޓާނަލް މެޑިިސިން އާއި އަންހެނުންގެ ހާއްސަ އޮބްސްޓެޓްރިކްސް އަދި ގައިނޮކޮލޮޖީ އާއި ކަށީގެ ބަލިތަކަށް ހާއްސަ ސާޖަރީތައް ހިމެނެ އެވެ.
ޓްރީ ޓޮޕުން ބުނީ މި ބަދަލުތައް ގެނައީ އެންމެ މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
ޓްރީ ޓޮޕުން ރާއްޖޭގެ ހުރިހާ އިންޝުއަރެންސް ކުންފުނިތަކެއްގެ އިތުރުން އިންޓަނޭޝަނަލް އިންޝުއަރެންސް ކުންފުނިތަކުގެ އިންޝުއަރެންސް ގަބޫލުކުރެ އެވެ. އަދި އެންސްޕާ އާއި އާސަންދައިގެ އެހީގައި ވެސް ހޮސްޕިޓަލުގެ ހިދުމަތްތައް ހޯދޭނެ އިންތިޒާމު އެ ހޮސްޕިޓަލުގައި ވަނީ ހަމަޖެހިފަ އެވެ.
އެ ހޮސްޕިޓަލަކީ ރާއްޖޭގައި ހުރި މަލްޓި-ސްޕެޝަލިޓީ ހިދުމަތް ޒަމާނީ ފެންވަރުގައި ދެމުން އަންނަ އެއް ހޮސްޕިޓަލެވެ. މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާ އެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.
އެ ހޮސްޕިޓަލުގެ ހިދުމަތްތަކާ ގުޅޭ މައުލުމާތު 3351610 ގުޅައިގެން ނުވަތަ[email protected]އަށް އީމެއިލް ކޮށްގެން ލިބޭނެ އެވެ.