އީމެއިލް މެދުވެރިކޮށް ޓީޓީ ބަލައިގަތުން ހުއްޓާލަނީ
އީމެއިލް މެދުވެރިކޮށް ޓީޓީ ބަލައިގަތުން ހުއްޓާލަނީ

އީމެއިލް މެދުވެރިކޮށް އިންޓަނޭޝަނަލް ޓްރާންސްފާ (ޓީޓީ)ގެ ހިދުމަތަށް އެދި ހުށަހެޅުން އަންނަ މަހުން ފެށިގެން ބީއެމްއެލް އިން ހުއްޓާލަން ނިންމައި އެ ހިދުމަތް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ދޭން ނިންމައިފި އެވެ.

ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ މިހާރު އިންޓަނެޓް ބޭންކިން މެދުވެރިކޮށް ޓީޓީއަށް އެދޭއިރު ގިނަ ޑޮކިއުމަންޓުތައް އެޓޭޗް ކުރެވޭނެ ކަމަށެވެ. އަދި ޓީޓީ ހަދަން ބޭނުންވާ ޑޮލަރު ގަތުމަށް ވެސް އިންޓަނެޓް ބޭންކިންގެ ތެރެއިން އެދެވޭނެ ކަމަށާއި ޓީޓީގެ ޗާޖު ކަނޑަންވީ އެކައުންޓް ވެސް ހިޔާރު ކުރެވޭނެ ކަމަށް ބޭންކުން ބުންޏެވެ.

ބޭންކުން ބުނީ ޓީޓީގެ ކަންކަން ނިމުމުން އާ ފޯމެޓެއްގައި ކޮންފަމޭޝަން ރިސީޓް ވެސް ލިބޭނެ ކަމަށެވެ.

މިއީ ބީއެމްއެލް އިން ބުނި ގޮތުގައި، ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ގެނައި ބަދަލެކެވެ.