މައުރަޒެއްގެ ތެރެއިން ރަޝިޔާ ސަފީރުގެ ގަޔަށް ތުރުކީގައި ބަޑިޖަހައި އަވަހާރަކޮށްލައިފި

އަންކާރާ (ޑިސެމްބަރު 19) - ރަޝިޔާ އިން ތުރުކީ އަށް ކަނޑައަޅާފައި ހުންނަ ސަފީރު އަންދުރޭ ކަރްލޯފްގެ ހަށިކޮޅަށް ބަޑިން ހަމަލާދީ އޭނާ މިރޭ އަވަހާރަކޮށްލައިފި އެވެ.

މައުރަޒެއްގެ ތެރެއިން ރަޝިޔާ ސަފީރުގެ ގަޔަށް ތުރުކީގައި ބަޑިޖަހައި އަވަހާރަކޮށްލައިފި
މައުރަޒެއްގެ ތެރެއިން ރަޝިޔާ ސަފީރުގެ ގަޔަށް ތުރުކީގައި ބަޑިޖަހައި އަވަހާރަކޮށްލައިފި

ބެލެވޭ ގޮތުގައި މިއީ ސީރިއާގެ ހަލަބަށް ދޭ ހަމަލާތަކުގައި ރަޝިޔާ ބައިވެރިވާތީ އެކަމުގެ ނުރުހުމުގައި ދިން ހަމަލާއެކެވެ. މި ހަމަލާގައި ވަނީ ވަރަށް ގިނަ މީހުން ޒަޚަމްވެފަ އެވެ. ރަޝިޔާ ޓީވީން ބުނީ ސަފީރުގެ ހަށިކޮޅަށް ބަޑި ޖެހީ ފޮޓޯ މައުރަޒެއް ހުޅުވައިދިނުމަށް ސަފީރު ވާހަކަ ދައްކަވަން ހުންނަވަނިކޮށް ކަމަށެވެ.

މައުރަޒެއްގެ ތެރެއިން ރަޝިޔާ ސަފީރުގެ ގަޔަށް ތުރުކީގައި ބަޑިޖަހައި އަވަހާރަކޮށްލައިފި
މައުރަޒެއްގެ ތެރެއިން ރަޝިޔާ ސަފީރުގެ ގަޔަށް ތުރުކީގައި ބަޑިޖަހައި އަވަހާރަކޮށްލައިފި

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ހަމަލާދީފައި ވަނީ ސަފީރުގެ ފަހަތުންނެވެ. ހަމަލާ ދިނުމާ އެކު ސަފީރު ވަގުތުން ވެއްޓެ އެވެ. އަދި ހަމަލާ ދިން މީހާ ދިޔައީ ﷲ އަކްބަރު ގޮވަމުންނެވެ. އަދި އޭނާ ވަނީ ހަލަބާއި ސީރިއާ ހަނދާން ނައްތާނުލުމަށް ތުރުކީ ބަހުން ގޮވައިފަ އެވެ. އޭނާ ވަނީ އުދުވާނުގައި ބައިވެރިވާ އެންމެންނަށް ހައްގު އަދަބު ދޭނެ ކަމަށް ވެސް ގޮވައިފަ އެވެ.

މައުރަޒެއްގެ ތެރެއިން ރަޝިޔާ ސަފީރުގެ ގަޔަށް ތުރުކީގައި ބަޑިޖަހައި އަވަހާރަކޮށްލައިފި
މައުރަޒެއްގެ ތެރެއިން ރަޝިޔާ ސަފީރުގެ ގަޔަށް ތުރުކީގައި ބަޑިޖަހައި އަވަހާރަކޮށްލައިފި

ހަމަލާ ދިނުމާ އެކު ކަރްލޯފް، 62، ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ނަމަވެސް ފަހުން ވަނީ ސަފީރު އަވަހާރަވިކަން އިއުލާންކޮށްފަ އެވެ.

މައުރަޒެއްގެ ތެރެއިން ރަޝިޔާ ސަފީރުގެ ގަޔަށް ތުރުކީގައި ބަޑިޖަހައި އަވަހާރަކޮށްލައިފި
މައުރަޒެއްގެ ތެރެއިން ރަޝިޔާ ސަފީރުގެ ގަޔަށް ތުރުކީގައި ބަޑިޖަހައި އަވަހާރަކޮށްލައިފި

ހަމަލާ ދިން މީހާ ހުރީ ކޯޓު ފަޓުލޫނުގަ އެވެ. ހަމަލާ ދިނީ އޯފް-ޑިއުޓީގައި ހުރި ތުރުކީ ފުލުހުންގެ 22 އަހަރުގެ މީހެއް ކަމަށް ޚަބަރުތައް ބުނެ އެވެ. ތުރުކީ ފުލުހުން މިހާރު ވަނީ އެ މީހާ އަތުލައިގެންފަ އެވެ. ނަމަވެސް އޭނާ މަރާލި ކަމެއް ޔަގީނެއް ނޫނެވެ.

ސަފީރު ކަރްލޯފުގެ ޑިޕްލޮމެޓިކް ކެރިއަރު ފައްޓަވާފައި ވަނީ 1976 ވަނަ އަހަރު އެވެ. އަދި އޭނާ ގެންދެވީ 2013 ވަނަ އަހަރުން ފެށިގެން ތުރުކީ ސަފީރުކަން ކުރައްވަމުންނެވެ. އޭނާ ވަނީ ނޯތު ކޮރެއާ އަށް ކަނޑައަޅާފައި ހުންނަ ސޯވިއެޓް ސަފީރުކަން ވެސް ކުރައްވައިފަ އެވެ.