ހަ ފޫޓު 11 އިންޗި: އަހަރެން އަދިވެސް ދިގުވަނީ
ހަ ފޫޓު 11 އިންޗި: އަހަރެން އަދިވެސް ދިގުވަނީ

ކެމެރާގަނޑު އަތުކޮޅަށް ނަގައިގެން އޭނާ ފަހަތުން އަހަރެމެން އުޅޭތާ މިއީ ފަސް ވަނަ އަހަރެވެ. ކޮންމެ ފަހަރަކު ވެސް މި ޒުވާނާ އަތުވެއެވެ. އެކަމަކު އޭނާގެ އިސްކޮޅެއް އަހަރެމެންނަށް އަތެއް ނުވެއެވެ. އަތެއް - ދެނެއް - ނުވެސް ވާނެއެވެ. -- ބާވީސް އަހަރުގެ އަހުމަދު ހަމްދާންގެ އިސްކޮޅުގައި 'މިވަގުތު' 6 ފޫޓު 11 އިންޗި އެބަހުއްޓެވެ. -- 'މިވަގުތޭ' މި ޖެހީ، އަންނަ ޖުލައި މަހު އޭނާގެ 23 ވަނަ އުފަން ދުވަސް ފާހަގަކުރާއިރު، މި އިސްކޮޅު މިއަށް ވުރެ "ބޮޑުވުމުގެ" ފުރުސަތު އޭނާގެ އިސްކޮޅާއި މި އާޓިކަލް އަށް ވުރެ ވެސް ބޮޑުވީމަ އެވެ.

ހަ ފޫޓު 11 އިންޗި: އަހަރެން އަދިވެސް ދިގުވަނީ
ހަ ފޫޓު 11 އިންޗި: އަހަރެން އަދިވެސް ދިގުވަނީ

ހަމްދާންގެ ވާހަކަ 'ދޯ' މެގަޒިންގެ 'މޭކްއޯވާ' ސެގްމަންޓެއްގައި 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ގެނެސްދިންއިރު އޭނާގެ އިސްކޮޅުގައި ހުރީ 6 ފޫޓް 6 އިންޗި އެވެ. ޖެހިގެން އައި 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އަނެއްކާ ވެސް އޭނާ ސްޓޫޑިއޯ އަށް ގެނެސް މިންއަޅައި، ފޮޓޯނަގައި ބެލިއިރު އިސްކޮޅުގައި 6 ފޫޓް 9 އިންޗި ހުއްޓެވެ.

ހަ ފޫޓު 11 އިންޗި: އަހަރެން އަދިވެސް ދިގުވަނީ
ހަ ފޫޓު 11 އިންޗި: އަހަރެން އަދިވެސް ދިގުވަނީ

ހަމްދާންގެ އިސްކޮޅު ދިގުވުމުގެ މި ސިލްސިލާ އަހަރެމެން ދިވެހިންގެ އިސްކޮޅު ފަހަނަޅައި ދިއުމުން ވަރަށް ގިނަ ކިޔުންތެރިން އޭރު ތަކުރާރުކޮށް ކޮމެންޓްކުރަމުން ގެންދިޔައީ "ތި ސޮރަކަށް ވުރެ މި ސޮރެއް މާ ދިގޭ" ނުވަތަ "މަގޭ ދަރި މާ ދިގޭ" ކިޔައިގެންނެވެ. އޭގައި ހަމަ އެއްވެސް މައްސަލައެއް ނެތެވެ. ދިވެހިން ވާނީ ދިވެހިންނަށެވެ. ދިވެހިންނެއް ހަމަ ދުވަހަކު ވެސް ބަދަލެއް ނުވާނެއެވެ.

ހަ ފޫޓު 11 އިންޗި: އަހަރެން އަދިވެސް ދިގުވަނީ
ހަ ފޫޓު 11 އިންޗި: އަހަރެން އަދިވެސް ދިގުވަނީ

އެކަމަކު މި ޒުވާނާގެ އިސްކޮޅާއި އޭނާގެ ލައިފް ކޮންމެ ދުވަހަކުހެން އެ ދަނީ ބަދަލުވަމުންނެވެ.

ހަ ފޫޓު 11 އިންޗި: އަހަރެން އަދިވެސް ދިގުވަނީ
ހަ ފޫޓު 11 އިންޗި: އަހަރެން އަދިވެސް ދިގުވަނީ

އާންމުގޮތެއްގައި އިންސާނެއްގެ އިސްކޮޅު ދިގުވަނީ އުމުރުން 18 އަހަރު ނުވަތަ 20 އަހަރު ފުރެންދެނެވެ. އެއަށް ފަހު، ކަށީގައި ހިމެނޭ 'ގްރޯތު ޕްލޭޓްސް" ބަންދުވުމުން އިސްކޮޅުން ދިގުވުން އާންމުކޮށް ހުއްޓުމަކަށް އާދެއެވެ. އެކަމަކު ބައެއް ހާލަތްތަކުގައި ބައެއް މީހުން، އެކި ސަބަބުތަކާ ހުރެ، އެ މީހުންގެ 'އިސްކޮޅު ހިފެހެއްޓުމެއް ނެތި' ދިގުވަމުންދެއެވެ. މި ޒުވާނާ އަކީ އޭގެ އެއް މިސާލެވެ. އޭނާ އަށް ދިމާވެފައި ވަނީ ހޯމޯންތަކެއްގެ މައްސަލައެވެ.

ހަ ފޫޓު 11 އިންޗި: އަހަރެން އަދިވެސް ދިގުވަނީ
ހަ ފޫޓު 11 އިންޗި: އަހަރެން އަދިވެސް ދިގުވަނީ

ހަމްދާން ބުނެފައިވާ ގޮތުން ނަމަ ކުޑައިރު ވަރަށް ބަލިކޮށް އުޅެން ޖެހިފައި ކުއްލިއަކަށް އޭނާގެ އިސްކޮޅު ފަހުން މިގޮތަށް ދިގުވާން ފެށީ އުފެދުމުގައި ހުރި އޭނާގެ ނުކުޅެދުންތެރިކަމަކާ ގުޅިގެން ކުރަން ޖެހުނު ހާނިއާ އޮޕަރޭޝަނަކަށް ފަހު އެވެ.

ހަ ފޫޓު 11 އިންޗި: އަހަރެން އަދިވެސް ދިގުވަނީ
ހަ ފޫޓު 11 އިންޗި: އަހަރެން އަދިވެސް ދިގުވަނީ

"ހޯމޯން ކޮންޓްރޯލްކުރަން ކުރިން ބޭސް ނެގިން. އެކަމަކު އޭގެ ސައިޑްއިފެކްޓްސް ގިނަވުމުން އަދި ބޭސްނަގާ ނަމަ އަބަދުވެސް އެހެން ކޮންމެވެސް ބައްޔެއްގައި އުޅެން ޖެހޭތީ ބޭސްތައް ހުއްޓާލީ،" ބަރުދަނުގައި 83 ކިލޯ ހުރި ހަމްދާން ކިޔައިދިނެވެ.

"އިސްކޮޅުން މިވަރަށް ދިގުވީމަ އަދި ދިގުވާތީ ވާ އުނދަގޫތަކެއް ހުރޭ. އެކަމަކު މިހާރު މިގޮތަށް އުޅެއުޅެ މި ލައިފަށް އާދަވެފައި ހުންނަނީ. އަހަރެން އަދިވެސް ދިގުވާކަން އެނގޭ. އެކަމަކު ކުރިއަށް ވުރެ މިހާރު އަނެއްކާވެސް ދިގުވެއްޖެކަން ހަނދާންވަނީ ކޮންމެވެސް ތަނެއްގައި ބޯޖެހި ތަދުވީމަ."

ހަމްދާންގެ ވާހަކަ މިފަހަރު އޭނާގެ އިސްކޮޅަށް ވުރެ ކުރުކޮށް އަދި ވީހާ ވެސް ގިނަ ފޮޓޯތަކުން ކިޔައިދެވޭތޯ ބަލާނަމެވެ.

ހަމްދާނަކީ އޭނާގެ މަންމަގެ އެއްބަނޑު އެއްބަފާ ތިން ކުދިންގެ ތެރޭގައި އެންމެ ދޮށްޓަށް ހުރި ޒުވާނާއެވެ. މަންމައާ އެކު ކުރިން މާލޭގައި، "މާމަ ގޯތީގައި" ދިރިއުޅުމަށް ފަހު މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދިރިއުޅެމުން އަންނަނީ މަންމަ އަށް ލިބުނު ހިޔާ ފްލެޓެއްގައި، ހުޅުމާލޭގެ ފޭސް ޓޫގައެވެ.

ކުރިން އޭނާ ވަޒީފާއަކަށް ދިޔައެވެ. މި ދުވަސްކޮޅު އަދި އުޅެނީ ވަޒީފާއެއް ނުލިބިގެންނެވެ. ކުރިން ވަޒީފާ އަދާކުރަން އުޅުނީ ބާޒާރުމަތީގައި ހުރި ހޯސޭލް ފިހާރައެއްގައެވެ. ނަމަވެސް އެ ބިޒީ ކަމާއި ބުރަކަމުގެ ތަދު އޭނާގެ މައިބަދައިން ނުކެނޑި ކޮންމެ ރެއަކު ނިދަން ޖެހުމުން ފަހުން އެ ވަޒީފާ ދޫކޮށްލީއެވެ.

މި ދުވަސްކޮޅު ވެސް އޭނާ އުޅެނީ ބުރަކަށީގައި، މައިބަދައިގައި ރިއްސާތީ އެވެ. އެންމެފަހުން ވާހަކަ ދެއްކިއިރު ބުނީ، ސައިކަލް އެކްސިޑެންޓެއްގައި ލިބުނު އަނިޔާއަކާ ގުޅިގެން އޭނާގެ މައިބަދައިގައި ރެނދެއް ލާފައި ހުރި ކަމަށެވެ.

އިސްކޮޅުން ދިގުވުމުން ވޮލީ އާއި ބާސްކެޓްބޯޅައިގެ ކޯޓުގައި ކުރިއަށް ދިއުމުގެ ފުރުސަތު ހަމްދާނަށް ކުރިން ކޮންމެވެސް ވަރަކަށް ލިބުނެވެ. ނަމަވެސް އޭނާ ބުނަނީ މިހާރުގެ އިސްކޮޅާއި ސިއްހަތު ލައިފްގެ އެކަހަލަ ދިމަދިމާލަށް ފުރުސަތު ނުދޭ ކަމަށެވެ.

"އަމިއްލަ އަށް ވިސްނޭ މިގޮތަށް އިސްކޮޅުން ދިގުވީމަ މިކަހަލަ ލައިފެއްގައިކަން އަހަރެން އުޅެން ޖެހޭނީ. މި ލައިފުގައި މިފަދަ ކަންކަމާއި އުނދަގޫތައް ދިމާވާނެކަން. މިހާރު ވެސް މަސައްކަތެއްގައި އުޅެލާއިރަށް ވަރުބަލިކޮށްލާ ވަރަށް ފަސޭހައިން،" ހަމްދާން ބުންޏެވެ.