އައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރަކަށް ސިނާން ބަދަލުކޮށްފި
އައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރަކަށް ސިނާން ބަދަލުކޮށްފި

އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަަކަށް ސިނާން އަލީ ބަދަލުކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން މިއަދު ބުނި ގޮތުގައި އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރަކަށް ސިނާން އައްޔަން ކުރެއްވީ އިއްޔެ އެވެ.

ސިނާން ކުރިން ހުންނެވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރު ކަމުގަ އެވެ.

އެމްޓީސީސީގައި ދެ އަހަރެއްހާ ދުވަސް ވަންދެން މަސައްކަތް ކުރެއްވި ސިނާން، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަކިކޮށް ސްޓެލްކޯގެ ޗެއާމަންކަމުގެ މަގާމަށް ވެސް ކުރިން ހަމަޖެއްސި އެވެ. އެކަމަކު މާ ގިނަ ދުވަސްތަކެއް ނުވެ، އަލުން އޭނާ ވަނީ އެމްޓީސީސީގެ ބޯޑަށް ހަމަޖައްސައިފަ އެވެ.

ސިނާނަކީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމްގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭގެ އިސް މެމްބަރެއްގެ އިތުރުން ސަން މީޑިއާ ގުރޫޕުގެ ސީއީއޯ ވެސް މެ އެވެ.