28 ފެބުރުއަރީ 2022 - 20:23

ކިއޭވް (ފެބްރުއަރީ 28) - ޔުކްރޭނާއި ރަޝިޔާގެ އޮފިޝަލުންގެ މެދުގައި ބެލާރުސްގެ ބޯޑަރުގައި މަޝްވަރާތައް ފެށި ނަމަވެސް ކުރިއެރުމެއް ހޯދިދާނެ ކަމުގެ އުއްމީދު ކުޑަ ކަމަށް އޮފިޝަލުން ބުނެފި އެވެ.
މިއީ މިދިޔަ ބުރާސްފަތި ދުވަހު ރަޝިޔާ އިން ޔުކްރޭނަށް ހަމަލާދޭން ފެށި ފަހުން ދެ ގައުމުގެ މެދުގައި މަޝްވަރާކުރާ ފުރަތަމަ ފަހަރެވެ.
މަޝްވަރާތަކުގެ ކުރިން ޔުކްރޭނުން ބުނެފައި ވަނީ އެ ގައުމުން ބޭނުންވަނީ ހަމަލާތައް ހުއްޓާލުމަށް ފަހު ރަޝިޔާ ސިފައިން ފޭބުން ކަމަށެވެ. ނަމަވެސް ރަޝިޔާ އިން ބުނެފައި ވަނީ އެ ގައުމު ބޭނުންވާ ގޮތް އަދި ހާމަނުކުރާނެ ކަމަށެވެ. މަޝްވަރާތަކުގައި ބައިވެރިވާ ރަޝިޔާގެ އޮފިޝަލުން ބޮޑަށް ބުރަވަނީ ދެ ފަރާތަށް ވެސް ފައިދާހުރި ނިންމުމަކަށް ދިއުމަށެވެ.
ޔުކްރޭނުގެ ވަފުދުގައި ހިމެނެނީ ޑިފެންސް މިނިސްޓަރު އޮލެކްސީ ރެޒްނިކޯފް އާއި ފޮރިން މިނިސްޓަރުގެ ނައިބް މީކޮލާ ޓޮޗީޓްސްކީ އެވެ. ރަޝިޔާގެ ފަރާތުން އެ ގައުމުގެ ޑިފެންސް މިނިސްޓަރުގެ ނައިބު އެލެގްޒެންޑާ ފޮމިން އާއި ރައީސް ލަޑިމިއާ ޕުޓިންގެ އެޑްވައިޒަރު ލަޑިމިއާ މެޑިންސްކީ އަދި ބެލަރުސް އަށް ކަނޑައަޅާފައި ހުންނަ ރަޝިޔާގެ ސަފީރު ބޮރިސް ގްރީޒްލޯފް ބައިވެރިވެ އެވެ.