ސާފިން ލީގުގެ ގައްދޫ މުބާރާތުގެ ޗެމްޕިއަންކަން ސްމައިލީ ދިފާއުކޮށްފި
ސާފިން ލީގުގެ ގައްދޫ މުބާރާތުގެ ޗެމްޕިއަންކަން ސްމައިލީ ދިފާއުކޮށްފި

ގައުމީ ސާފިން ލީގުގެ ފުރަތަމަ މުބާރާތް "ކަޅެގަލެކޮޑާ 2022" ގެ ޗެމްޕިއަންކަން އިސްމާއީލް ރަޝީދު (ސްމައިލީ) ދިފާއުކޮށްފި އެވެ.

ކުރިން ގައްދޫ ޕްރޯގެ ނަމުގައި 2020 ގައި ބޭއްވި މުބާރާތް ރީބްރޭންޑް ކުރުމަށް ފަހު ގައުމީ ސާފިން ލީގުގެ ތެރެއަށް އެ މުބާރާތް ހިމަނައިގެން ބޭއްވި ކަޅެގަލެކޮޑާ ނަމުގައި ބޭއްވި މުބާރާތުގެ ފިރިހެން އޯޕަން ޝޯޓް ބޯޑްގެ ފައިނަލްގައި ސްމައީލީ އާ ވާދަކުރީ ނަޖާހް މުހައްމަދު އެވެ. ސްމައިލީ އަކީ ގައްދޫ ޕްރޯގެ ނަމުގައި ބޭއްވި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނެވެ.

ގދ، ގައްދޫ ރާޅުގަނޑުގައި މިއަދު ހަވީރު ބޭއްވި ފައިނަލް ސްމައިލީ ކާމިޔާބު ކުރީ 14.36 ޕޮއިންޓް ސްކޯ ކޮށްގެންނެވެ. އޭނާ އެއަދަށް ސްކޯ ކުރީ ހަ ރާޅުގައި އަޅައިގެންނެވެ. އޭނާ އެންމެ ގިނައިން ސްކޯ ކުރީ ފުރަތަމަ ރާޅުގަ އެވެ. އެރާޅުގައި 7.33 ޕޮއިންޓް ސްކޯ ކުރި އެވެ. ދެން އެންމެ ގިނައިން ސްކޯ ކުރީ ހަތަރުވަނަ ރާޅުގަ އެވެ. އެރާޅުގައި 7.03 ޕޮއިންޓް ސްކޯ ކުރި އެވެ.

- ފުރަތަމަ ރާޅުގައި 7.33 ޕޮއިންޓް

- ދެވަނަ ރާޅުގައި 6.00 ޕޮއިންޓް

- ތިންވަނަ ރާޅުގައި 6.13 ޕޮއިންޓް

- ހަތަރުވަނަ ރާޅުގައި 7.03 ޕޮއިންޓް

- ފަސްވަނަ ރާޅުގައި 1.00 ޕޮއިންޓް

- ހަވަނަ ރާޅުގައި 5.17 ޕޮއިންޓް

ނަޖާހް އަށް ހަތް ރާޅުން ސްކޯ ކުރެވުނީ 13.57 ޕޮއިންޓެވެ. އޭނާ އެންމެ ގިނައިން ސްކޯ ކުރީ ތިންވަނަ ރާޅުގަ އެވެ. އެރާޅުގައި 6.90 ޕޮއިންޓް ހޯދި އެވެ. ދެވަނަ ރާޅުގައި 6.67 ޕޮއިންޓް ސްކޯ ކުރި އެވެ. ހަތްވަނަ ރާޅުގައި 6.37 ޕޮއިންޓް ސްކޯ ކުރި އެވެ.

- ފުރަތަމަ ރާޅުގައި 4.67 ޕޮއިންޓް

- ދެވަނަ ރާޅުގައި 6.67 ޕޮއިންޓް

- ތިންވަނަ ރާޅުގައި 6.90 ޕޮއިންޓް

- ހަތަރުވަނަ ރާޅުގައި 6.00 ޕޮއިންޓް

- ފަސްވަނަ ރާޅުގައި 2.83 ޕޮއިންޓް

- ހަވަނަ ރާޅުގައި 1.50 ޕޮއިންޓް

- ހަތްވަނަ ރާޅުގައި 6.37 ޕޮއިންޓް

ސްމައިލީ ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލްގައި ޖީހާން އަހްމަދު (ޖީއްކޮ) ބަލި ކުރުމަށް ފަހު އެވެ. ސެމީ ފައިނަލްގެ ހީޓް 1 ގައި ވާދަކޮށް ސްމައިލީ ވަނީ 15.16 ޕޮއިންޓް ހޯދައިފަ އެވެ. އެއަދަދަށް އޭނާ ސްކޯ ކުރީ އަށް ރާޅުގައި އަޅައިގެންނެވެ. ޖީއްކޮ އަށް 8.57 ސްކޯ ކުރެވުނީ އަށް ރާޅުގައި އަޅައިގެންނެވެ.

ސެމީ ފައިނަލް ހީޓް 2 ގައި ވާދަކޮށް ނަޖާހް ވަނީ ޖައިލަމް ނިޒާރު ބަލިކޮށްފަ އެވެ. ނަޖާހް ތިން ރާޅުގައި ސްކޯ ކުރީ 11.24 ޕޮއިންޓެވެ. ޖައިލަމް ހަ ރާޅުގައި ސްކޯ ކުރީ 9.50 ޕޮއިންޓެވެ.