ކެންޑަލް ޖެނާގެ މެންޓަލް ހެލްތަށް ގެންގުޅެނީ ޑައިރީއެއް
ކެންޑަލް ޖެނާގެ މެންޓަލް ހެލްތަށް ގެންގުޅެނީ ޑައިރީއެއް

މަޝްހޫރު މޮޑެލް ކެންޑަލް ޖެނާގެ ނަފްސާނީ ދުޅަހެޔޮކަމުގެ ރައްކާތެރި ކަމަށްޓަކައި ގެންގުޅެނީ ޑައިރީއެކެވެ. ގަވައިދުން އޭގައި ލިޔުމުން އޭނާ އަށް ހަމަޖެހުން ލިބެ އެވެ.

ކެންޑަލް ޖެނާ ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނީ، އެ ޑައިރީގައި ކޮންމެ ހަފުތާއަކު އެންމެ މަދުވެގެން ވެސް ދެ ފަހަރު ލިޔާ ކަމަށެވެ. އެގޮތަށް ކަންތައް ކުރަނީ ނަފުސާނީ ދުޅަހެޔޮ ކަމަށް ބެލުމުގެ ގޮތުން ކަމަށާއި ޑައިރީގައި ލިޔުމުން ޕެނިކް އެޓޭކް ތަކާއި އެންޒައިޓީ ގޯސްވުމުން ކޮންމެވެސް ވަރަކަށް ސަލާމަތްކޮށްދޭ ކަމަށް އޭނާ ބުންޏެވެ.

ކެންޑަލް ޑައިރީގައި ތަފާތު އެކި ވާހަކަތައް ލިޔެ ހަދަ އެވެ. ކޮންމެ ދުވަހަކު ހިނގާ ކަންތައްތަކުގެ އިތުރުން ކުރެވޭ ހައްސަ އިހުސާސްތައް ވެސް އެ ޑައިރީގައި ނޯޓުކުރާ ކަމަށް ބުނެ އެވެ.

އެ ހުރިހާ ވާހަކައެއް ކެންޑަލް ލިޔަނީ ކަރުދާސް ކުޑަކުޑަ ފޮތެއްގަ އެވެ. އަދި އެއީ ކުޑަ ތަޅެއް ލާފައި އިންނަ ފޮތެއް ކަމަށް ކެންޑަލް ފާހަގަކުރި އެވެ.