ލޯބިވެރިޔާ ގޮވައިގެން ރަކުލް ރާއްޖޭގައި
ލޯބިވެރިޔާ ގޮވައިގެން ރަކުލް ރާއްޖޭގައި

ތެލޫގޫ އަދި ބޮލީވުޑްގައި ވިދަމުން އަންނަ ޒުވާން ތަރި، ރަކުލް ޕްރީތު ސިންގް އޭނާގެ ލޯބިވެރިޔާ އަދި އެކްޓަރު ޖެކީ ބަގްނާނީއާ އެކު ރާއްޖެ އަށް ޗުއްޓީ އަތުވެއްޖެ އެެވެ.

އުމުރުން 31 އަހަރުގެ ރަކުލް ރާއްޖެ އައިސް މިދިޔަ ހުކުރު ދުވަހު ވަނީ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކޮށްފަ އެވެ.

ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް ރިސޯޓު އެންޑް ސްޕާގައި އޭނާ ޗުއްޓީ ހޭދަކުރަމުން އަންނައިރު ގޮނޑުދޮށުގައި ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާ އަށް ދޫކޮށްލި އެވެ. އެކަމަކު ލޯބިވެރިޔާއާ އެކު ނަގާފައިވާ ފޮޓޯއެއް ނުލަ އެވެ.

އެކަމަކު މިއީ ޖެކީ އަކީ އޭނާގެ ލޯބިވެރިޔާކަން ރަސްމީކޮށް އިއުލާންކުރުމަށް ފަހު، އެ ދެ މީހުން އެކުގައި ޗުއްޓީއެއް ހޭދަކޮށްލަން ގައުމުން ބޭރަށް އައި ފުރަތަމަ ފަހަރެވެ. ރާއްޖެ އައުމުގެ ކުރިން އިންޑިއާގެ އާގަރާގައި ހުންނަ ތާޖު މަހާލަށް ވެސް އެ ދެ މީހުން އެކީގައި ގޮސްފައިވެ އެވެ.

" ދޭ ދޭ ޕިޔާރު ދޭ" އާއި "ޔާރިޔާން" އާއި "ދޭވް" ފަދަ ފިލްމުތަކުން ރަކުލް ފެނިފައިވާ އިރު، ޖެކީ ވަނީ "ޔަންގިސްތާން" އާއި "ބެލް ބޮޓޮމް" އަދި "ވެލްކަމް ޓު ކަރާޗީ" އިން ފެނިފަ އެވެ.