ކޮވިޑް ނިމުނީ ކަމަށް ނިންމައިގެން ނުވާނެ، ތަޖުރިބާއިން އިބުރަތް ހޯދަންޖެހޭ: ނަސީމް
ކޮވިޑް ނިމުނީ ކަމަށް ނިންމައިގެން ނުވާނެ، ތަޖުރިބާއިން އިބުރަތް ހޯދަންޖެހޭ: ނަސީމް

އެއް ކަމަކުން އިބުރަތް ހޯދައިގެން އަނެއް ކަމަކަށް ތައްޔާރުވާން ޖެހޭ ކަމަށާއި ކޮވިޑް ނިމުނީ ކަމަށް ނިންމައިގެން ނުވާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް ނިމުނީ ކަމަށް ނިންމައިގެން ނުވާނެ، ތަޖުރިބާއިން އިބުރަތް ހޯދަންޖެހޭ: ނަސީމް
ކޮވިޑް ނިމުނީ ކަމަށް ނިންމައިގެން ނުވާނެ، ތަޖުރިބާއިން އިބުރަތް ހޯދަންޖެހޭ: ނަސީމް

ރާއްޖޭގެ 2020 ވަނަ އަހަރުގެ ސިއްހީ ދާއިރާގެ ތަފާސްހިސާބު ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މީހުން ދިރިއުޅެން ފެށީއްސުރެ ތަފާސްހިސާބު ވެފައި ވަނީ ވަރަށް މުހިއްމު އެއްޗަކަށް ކަމަށެވެ. ދިމާވާ ކާރިސާތަކުން އަނެއްކާ ވެސް އިބްރަތްތައް ހޯދަނީ އެ މައުލޫމާތުތައް ބަލަހައްޓާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް ނިމުނީ ކަމަށް ނިންމައިގެން ނުވާނެ، ތަޖުރިބާއިން އިބުރަތް ހޯދަންޖެހޭ: ނަސީމް
ކޮވިޑް ނިމުނީ ކަމަށް ނިންމައިގެން ނުވާނެ، ތަޖުރިބާއިން އިބުރަތް ހޯދަންޖެހޭ: ނަސީމް

މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ހިނގާފައި ހުރި ބޮޑެތި ކާރިސާތަކަށް ބަލައިގެން ވަރަށް ގިނަ ކަންތައްތަކެއް ސާފުވެގެން ދިޔަ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ނިންމައިގެން ނުވާނެ ކޮވިޑުގެ ކަންތައްތައް އަދި ނިމުނީއެކޭ ނުވަތަ އެހެން ކާރިސާއެއް ދިމައެއް ނުވާނެއޭ. އަޅުގަނޑުމެންނަށް އަބަދު ވެސް މި ކަހަލަ ކަންތައްތައް، ދުނިޔޭގައި އުޅޭހާ ހުރިހާ ދުވަހަކު އަޅުގަނޑުމެންނަށް ދިމާވާނެ. އެއަށް، އެއް ކަމަކުން އިބްރަތް ހޯދައިގެން އަނެއް ކަމަކަށް ތައްޔާރުވެގެން އަބަދު ވެސް ތިބެން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.

ތަފާސްހިސާބަކީ ކަންކަން ރާވައިގެން ކުރުމަށް އެންމެ މުހިއްމު ވަސީލަތް ކަމަށާއި ކޮންމެ ކަމެއްގައި ވެސް މައުލޫމާތުތަކަށް ބަލައިގެން އެ ދިރާސާ ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ ރިޕޯޓުގައިވާ ގޮތުން ރާއްޖޭގައި ތިބި 40 ޕަސެންޓް ޑޮކްޓަރުންނަކީ އެކި ބަލިތަކަށް ހާއްސަ ޑޮކްޓަރުންނެވެ. އަދި 59 ޕަސެންޓް ނަރުހުންނަކީ ދިވެހިންނެވެ.

ނަސީމް ވިދާޅުވީ އެއީ ވަރަށް އުއްމީދީ ނަމްބަރުތަކެއް ކަމަށެވެ.

"ވަރަށް ގިނަ ސްޕެޝަލިސްޓުން، މުހިއްމު ބޭފުޅުން އެބަތިއްބެވި. އަޅުގަނޑު ދެކޭގޮތުގައި އެ ބޭފުޅުންނަކީ ސަރަހައްދުގައި ވެސް ރަނގަޅު ފެންވަރެއްގައި މަސައްކަތްކުރައްވާ ގަދަރު ލިބިގެންވާ ބޭފުޅުން. އެބަތިއްބެވި ދެކުނު އޭޝިޔާގައި އެންމެ ރަނގަޅަށް ސިއްހީ ކަންތައްތަކުގައި ސްޕެޝަލައިޒްވެގެން ތިއްބެވި ބޭފުޅުން،" މިނިސްޓަރު ވިދާޅުވި އެވެ.

ތަފާސްހިސާބުތަކަށް ބަލައިގެން އިތުރަށް ތަމްރީނުކުރެވޭ ދާއިރާތައް ހޯދަން ޖެހޭ ކަމަށާއި އެކަން ހެލްތު މިނިސްޓްރީން ކުރުމަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، މަޖުބޫރު ކަމެކެވެ.

ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ، ޑރ. މުސްތަފާ ލުތުފީ ވިދާޅުވި ގޮތުގައި ތަފާސްހިސާބަކީ ސިއްހީ ދާއިރާގެ އެންމެ މުހިއްމު ފޮޓޯ އެވެ. އެ މައުލޫމާތުތަކަށް ކުރިމަތިވެދާނެ ކަންކަން އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑު ނިމުނީ ކަމަށް ނިންމައިގެން ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއިރު، ކޮވިޑު ފެތުރޭތީ އެޅި ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކާ އެކު އުސޫލަށް ބަދަލުތަކެއް ގެނެސްފައިވެ އެވެ. ނަމަވެސް، ކޮވިޑް ފެތުރެން ފެށުމުން އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެސް އާންމު ހާލަތަކަށް ގެންނަން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ މިދިޔަ ހަފްތާގައި ގޮވާލައްވައިފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިތާ ދެ އަހަރުވެފައި ވާއިރު އެއީ "ބޮޑު ޖޯކެއް" ކަމަށް އާޒިމް ވިދާޅުވި އެވެ.