އެއްވަނައިގައި އާޔާ ފައިނަލަށް ދަތުރުކޮށްފި
އެއްވަނައިގައި އާޔާ ފައިނަލަށް ދަތުރުކޮށްފި

މިހާރު ކުރިއަށްދާ ގައުމީ ސާފިން ލީގުގެ ފުރަތަމަ މުބާރާތް "ކަޅެގަލެކޮޑާ 2022" ނަމުގައި ގދ. ގައްދޫގައި ކުރިއަށްދާ މުބާރާތުގެ ވިމެން އޯޕަން ޝޯޓް ބޯޑްގެ ފައިނަލަށް ގައުމީ ޗެމްޕިއަން އާޔާ ނަސީމް ދަތުރުކޮށްފި އެވެ.

އެއްވަނައިގައި އާޔާ ފައިނަލަށް ދަތުރުކޮށްފި
އެއްވަނައިގައި އާޔާ ފައިނަލަށް ދަތުރުކޮށްފި

އާޔާ ފައިނަލަށް ދަތުރު ކުރީ ވާދަ ކުރި ދެ ހީޓުން ވެސް އެއް ވަނަ ހޯދައިގެންނެވެ. ގައްދޫގެ ރާޅާ އަޅާ ސަރަހައްދަށް ހާއްސަކޮށް މުބާރާތުގެ ނަން ހާއްސަކޮށްފައިވާ "ކަޅެގަލެކޮޑާ" ގައި ވާދަ ކުރީ ވެސް އަންހެން ތިން ބައިވެރިންނެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންހެން ސާފިން ރަސްމީ މުބާރާތުގެ ތެރޭގައި ހިމެނީ ވެސް މިދިޔަ އަހަރު ނޮވެމްބަރު މަހު ބޭއްވި ގައުމީ ރާޅާ އެޅުމުގެ މުބާރާތުގަ އެވެ. އެ މުބާރާތުގައި އަންހެން ފަސް ބައިވެރިން ވާދަ ކުރި އެވެ.

ގައްދޫގައި ކުރިއަށްދާ މުބާރާތުގެ ވިމެން އޯޕަން ކެޓެގެރީ ފެށީ ކުއާޓާ ފައިނަލުންނެވެ. ކުއާޓާ ފައިނަލްގައި އޭނާއާ ވާދަ ކުރީ ރިޝްތާ ޝުޖާ އާއި އާމިނަތު ޝައިޝާ ރަޝީދު އެވެ. އާޔާ ވަނީ އެރައުންޑްގައި 5.16 ޕޮއިންޓް ހޯދައިފަ އެވެ. ސެމީ ފައިނަލްގައި އާޔާ ވަނީ 4.00 ޕޮއިންޓް ހޯދައިފަ އެވެ. އެއީ ތިން ރާޅުންނެވެ. ރިޝތާ އަށް އެއް ރާޅުން ހޯދުނީ 0.30 ޕޮއިންޓެވެ.

ފައިނަލުގައި އެތިން ބައިވެރިން ވެސް ވާދަ ކުރާނެ އެވެ. ފިރިހެން ޑިވިޝަންގެ އޯޕަން ކެޓެގަރީގެ ކުއާޓާ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން އިސްމާއީލް ރަޝީދު (ސްމައިލީ) އާއި ގައުމީ ޗެމްޕިއަން ހޫދު އަހްމަދު ވަނީ ދަތުރުކޮށްފަ އެވެ. ކުއާޓާގެ ހީޓް 1 ގައި ވާދަކުރާނީ ހޫދު އާއި ސްމައިލީގެ އިތުރުން ނަޖާހް މުހައްމަދު އެވެ. ހިޓް 2 ގައި ވާދަކުރާނި އަހްމަދު އާގިލް (އަންމަޑޭ) އާއި ޖީހާން އަހްމަދު (ޖީއްކޮ)ގެ އިތުރުން ޖައިލަމް ނިޒާރު އެވެ.