އެވްރިތިން ރެޑް: ޒަމާނީ ފަސޭހަތައް އިނގިލި ކުރިއަށް
އެވްރިތިން ރެޑް: ޒަމާނީ ފަސޭހަތައް އިނގިލި ކުރިއަށް

ޒަމާން މިއޮތީ ބަދަލުވެފަ އެވެ. ޓެކްނޮލޮޖީގެ ފަސޭހަތައް އެންމެން ވެސް ބޭނުންވެ އެވެ. މީގެ ބަރާބަރު އެއް އަހަރު ކުރިން ދިވެހިންނަށް މޮބައިލް ފޯނު މެދުވެރިކޮށް ތަފާތު އެކި އެކި ހިދުމަތްތައް ހޯދުމުގެ ފުރުސަތު ހޯދައިދިނީ ދިވެހިންގެ ކުޅަދާނަ ޓީމެއް އިސް ނަގައިގެން ކުރި މަސައްކަތުންނެވެ. މިއަދަކީ، ޓެކްނޮލޮޖީގެ އެކި ފަސޭހަތައް އިނގިލި ކުރިއަށް ގެނެސްދިނުމުގައި މުޅިން ތަފާތު ޚިދުމަތްތަކެއް ފޯރުކޮށްދޭ މި ކުންފުނީގެ އަހަރީ ދުވަހެވެ.

އެވްރިތިން ރެޑް: ޒަމާނީ ފަސޭހަތައް އިނގިލި ކުރިއަށް
އެވްރިތިން ރެޑް: ޒަމާނީ ފަސޭހަތައް އިނގިލި ކުރިއަށް

އެވްރިތިން ރެޑްގެ ނަމުގައި އުފައްދާފައިވާ ކުންފުނީގެ މައިގަނޑު އަމާޒަކަށްވީ ދިވެހިންނަށް މޯބައިލް ފޯނު މެދުވެރިކޮށް ތަފާތު ގިނަ ފަސޭހަތަކެއް ހޯދައިދިނުމެވެ. އެއީ ޑޮކްޓަރަށް އެޕޮއިންޓްމަންޓެއް ހެދުން ނުވަތަ މޯބައިލް ފޯނަށް ފައިސާ އެޅުން ކަމަށް ވިޔަސް އަދި ކެއުމަށް އޯޑަރު ދިނުން ކަމަށް ވިޔަސް މެ އެވެ. މިއީ ޓެކޮނޮލޮޖީގައި މިހާތަނަށް ދިވެހިންނަށް ލިބިގެންދިޔަ އެންމެ ބޮޑު އެއް ފަސޭހަތަކެވެ.

އެވްރިތިން ރެޑް: ޒަމާނީ ފަސޭހަތައް އިނގިލި ކުރިއަށް
އެވްރިތިން ރެޑް: ޒަމާނީ ފަސޭހަތައް އިނގިލި ކުރިއަށް

ޒަމާނީ ޓެކްނޮލޮޖީގެ ފަސޭހަތައް ދިވެހިންނަށް ހޯދައިދިނުމަށް އެވްރިތިން ރެޑްއިން އެންމެ ފުރަތަމަ ތައާރަފްކުރި އެއް ހިދުމަތަކީ މޮބައިލް ފޯނު މެދުވެރިކޮށް ރެސްޓޯރަންޓްތަކަށް އޯޑަރުކުރުމެވެ. ރާއްޖޭގެ އެތައް ރެސްޓޯރަންޓެއް އެއް ނެޓްވޯކަކުން ގުޅާލައި، ރެސްޓޯރަންޓްތަކަށް ނުގޮސް ނުވަތަ ފޯނު ނުކޮށް އެޕްލިކޭޝަނެއް މެދުވެރިކޮށް އޯޑަރު ދިނުމާއި މޭޒް ބުކްކުރުން ފަދަ އެތައް ފަސޭހަތަކެއް އެ ހިދުމަތް މެދުވެރިކޮށް ލިބިގެންދިޔަ އެވެ. މިއީ ރާއްޖޭގެ އީ ކޮމާސްގެ ފެށުމެވެ.

އެވްރިތިން ރެޑް: ޒަމާނީ ފަސޭހަތައް އިނގިލި ކުރިއަށް
އެވްރިތިން ރެޑް: ޒަމާނީ ފަސޭހަތައް އިނގިލި ކުރިއަށް

އޭގެ ތެރެއިން ފުޑް ހަބް އަކީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ކެއުން ބުއިމުގެ ހިދުމަތްތައް މޯބައިލް ފޯނު މެދުވެރިކޮށް ލިބޭ ގޮތަށް ތައްޔާރުކުރި އެޕްލިކޭޝަނެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް މާލެ އާއި ބައެއް އަތޮޅުތަކުގެ ރެސްޓޯރަންޓްތަކަށް މޯބައިލް ފޯނުން އޯޑަރު ކުރެވެ އެވެ. އަދި މި އެޕްލިކޭޝަން މިހާރު އެތައް ހާސް ބަޔަކު ބޭނުންކުރަމުންދެ އެވެ. މި އެޕްލިކޭޝަން ޑިޒައިންކޮށްފައި ވަނީ ރާއްޖޭގެ 4،000 އަށްވުރެ ގިނަ ރެސްޓޯރަންޓް، ކެފޭ ބައިވެރިކުރެވޭ ގޮތަށެވެ. ރާއްޖޭގެ މަޝްހޫރު ހުރިހާ ރެސްޓޯރަންޓެއްހެން ފުޑްހަބްގައި ވަނީ ބައިވެރިވެފަ އެވެ.

އެވްރިތިން ރެޑް: ޒަމާނީ ފަސޭހަތައް އިނގިލި ކުރިއަށް
އެވްރިތިން ރެޑް: ޒަމާނީ ފަސޭހަތައް އިނގިލި ކުރިއަށް

ފުޑް ހަބް މެދުވެރިކޮށް ރެސްޓޯރަންޓްތަކަށް ޕްރޮމޯޝަންތައް ހިންގުމާއި ތަފާތު ކާއެއްޗިއްސަށް އޯޑަރުކުރެވެ އެވެ.

އެވްރިތިން ރެޑުން ވަނީ ދިވެހިންނަށް ފަސޭހައިން ޑޮކްޓަރުންގެ އެޕޮއިންޓްމަންޓްތައް ހެދޭނެ އެޕްލިކޭޝަނެއް ވެސް ދާދިފަހުން ތައާރަފްކޮށްފަ އެވެ. އަދި އެ އެޕްލިކޭޝަން މެދުވެރިކޮށް ޑޮކްޓަރު އެޕޮއިންޓްމަންޓް ހެދުމުގެ އިތުރުން ޑޮކްޓަރުންގެ ޝެޑިއުލާއި ޓޯކަން ނަންބަރު ބެލުމާއި ބަލި މީހާގެ ރެކޯޑްތައް ފަސޭހައިން ދެނެގަނެވޭނެ ގޮތް ހަމަޖައްސާފައިވެ އެވެ.

ޓެކްނޮލޮޖީ ކުރިއަރާފައިވާ މިންވަރުން މިހާރު ނޫސްތައް ކިޔަން ވެސް ގިނަ ބަޔަކު ބޭނުންކުރަނީ މޮބައިލް ފޯނެވެ. އެވްރިތިން ރެޑުން ވަނީ ހުރިހާ ނޫސްތައް އެއް އެޕްލިކޭޝަން މެދުވެރިކޮށް ކިޔޭނެ އިންތިޒާމް ވެސް ހަމަޖައްސައިފަ އެވެ.

"ޓްރެންޑިން ރެޑް"ގެ ނަމުގައި އެވްރިތިން ރެޑުން ތައްޔާރުކޮށްފައިވާ ހާއްސަ އެޕްލިކޭޝަން މެދުވެރިކޮށް ހުރިހާ ނޫސްތައް އެއް އެއްފަހަރާ ކިޔާލެވެ އެވެ. އަދި ޓްރެންޑިން ރެޑްގެ ވެބް ސައިޓްގެ އިތުރުން އެ އެޕްލިކޭޝަން އެންޑްރޮއިޑާއި އައިފޯނަށް ހާއްސަ އެޕްލިކޭޝަނެއް ވެސް ވަނީ ތައްޔާރުކޮށްފަ އެވެ.

މޮބައިލް ފޯނަށް ފައިސާ ޖަމާކުރުމަކީ މިހާރު އެހާ އުނދަގޫ ކަމެއް ނޫނެވެ. ޓޮޕްއަޕް ޑޮޓް އެމްވީ މެދުވެރިކޮށް ރައްކާތެރިކަމާއި ފަސޭހަކަމާއެކު މޯބައިލް ފޯނަށް ފައިސާ ޖަމާކުރެވޭނެ އެޕްލިކޭޝަން ވެސް އެވްރިތިން ރެޑުން ވަނީ ތައާރަފްކޮށްފަ އެވެ. ގިނަ އަދަދެއްގެ ބަޔަކު ބަޔަކު މިހާރު ބޭނުންކުރަމުން އަންނަ މި އެޕްލިކޭޝަން މެދުވެރިކޮށް ފޯނަށް ފައިސާ ޖަމާކުރުމުގެ އިތުރުން ޑޭޓާ ކާޑު ޖަމާކުރުމާއި ގޭމް ކާޑު އަދި ގިފްޓް ކާޑު ޖަމާކުރުން ފަދަ ހިދުމަތްތައް ވެސް އެ އެޕްލިކޭޝަން މެދުވެރިކޮށް ލިބެ އެވެ.

އެވްރިތިން ރެޑުން ވަނީ އެއްފަހަރާ ގިނަ ބަޔަކަށް މެސެޖް ފޮނުވޭ ފަދަ އެޕްލިކޭޝަނެއް ތައާރަފްކޮށްފަ އެވެ. މި އެޕްލިކޭޝަނަކީ ކޯޕަރޭޓް އަދި ބޮޑެތި ކުންފުނިތަކަށާއި ސްކޫލް އަދި އެހެނިހެން ފަރާތްތަކަށް ވެސް ބޭނުން ހިފޭ ގޮތަށް ތައްޔާރުކޮށްފައިވާ ވަރަށް ބޭނުންތެރި އެޕްލިކޭޝަނެކެވެ. "މެސެޖް އައުލް"ގެ ނަމުގައި ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނަކީ ވެސް އެހާމެ ބޭނުންތެރި އެޕްލިކޭޝަނެކެވެ.

އެވްރިތިން ރެޑްގެ މަގުސަދަކީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ކުރިއަރާފައިވާ ޓެކްނޮލޮޖީއާއެކު ބަދަލުކޮށްލުމެވެ. އެކަމުގައި ކުރަން ޖެހުނު ހުރިހާ ކަމެއް ކުރަން އެ ކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ފަސޭހަ ކަމާ އެކު ޑޮކްޓަރުންގެ އެޕޮއިންޓްމެންޓް ހަދާލަން އެންމެ ފަސޭހަ ކުރު މަގަކީ މި އެވެ؛ ޑޮކް.އެމްވީ އަކީ ސީދާ މިކަމަށް ހާއްސަކޮށްފައިވާ އެޕްލިކޭޝަނެކެވެ. އެވްރިތިން ރެޑުން ޑޮކް.އެމްވީ ހަދާފައި ވަނީ ލަންކާގެ ޑައިލޮގާއި އާސިރީ ހޮސްޕިޓަލާ ގުޅިގެން ހިންގާ ޑިޖިޓަލް ހެލްތާއި ލަންކާގެ އިނޯވާ ކުންފުންޏާ ގުޅިގެންނެވެ. ޑޮކް.އެމްވީ މެދުވެރިކޮށް މިހާރު ވެސް ލަންކާގެ އެންމެ ބޮޑެތި ހޮސްޕިޓަލުތަކުގެ ތެރޭގައި ހިމެނޭ 11 ތަނަކަށް އެޕޮއިންޓްމަންޓް ހައްދައި ފައިސާ ދެއްކެ އެވެ. އޭގެ ތެރޭގައި، އާސިރީ، ނަވަލޯކާ، ޑާޑަންސް، ނައިންވެލް އަދި ޔޫނިއަން ހޮސްޕިޓަލްސް ހިމެނެ އެވެ. މިއީ، ޑިޖިޓަލް ހެލްތުގެ ފެށުމެވެ. މި އެޕްލިކޭޝަން ޑިޒައިންކޮށްފައި ވަނީ ވަރަށް ފަސޭހަ އަދި ކަސްޓަމަރަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ވެސް ހިމަނައިގެންނެވެ. މިއީ، ކުރު ޗުއްޓީތަކަށް ބޭސް ފަރުވާ އަށް ދާ ދިވެހިންނަށް ވަގުތު ސަލާމަތްކޮށްދިނުމުގެ މުހިންމު ބައިވެރި އެކެވެ.

އެވްރިތިން ރެޑްގެ ކުރިމަގު ވެސް އޮތީ ދިވެހިންނަށް ޓެކްނޮލޮޖީގެ ފަސޭހަ ކަން ގެނެސްދިނުމަށް ތައްޔާރަށެވެ. އެ ޓީމު މިހާރު ވެސް މަސައްކަތް ކުރަމުން އަންނަނީ ދިވެހިންގެ އެ އުންމީދު ހާސިލްކޮށްދިނުމަށެވެ.

"އަޅުގަނޑަށް ލިބޭ ފަހުރެއް ގާބިލް ދިވެހި ޓީމެއް ގޮވައިގެން ދިވެހިންނަށް މިއަށްވުރެ ރަނގަޅު ކުރިމަގެއް ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ފުރުސަތު ލިބުމަކީ. އަޅުގަނޑުމެން މި މަސައްކަތްކުރަނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދިވެހިންނަށް އަދަށްވުރެ ފަހި މާދަމައެއް ހޯދައިދީ ދިވެހިން ޑިޖިޓަލް ބަޔަކަށް ހަދައިދިނުމަށް،" އެވްރިތިން ރެޑްގެ ސީއޯއޯ މުހައްމަދު ރިފާއު ވިދާޅުވި އެވެ.

އެއްވެސް ޝައްކެއް ނެތެވެ؛ އަހަރެއް ވީ އިރު އެކަން ފެނިއްޖެ އެވެ. ދިވެހިންނަށް ގެނެސްދިން ޒަމާނީ ފަސޭހަތައް ދިވެހިން އަންނަނީ އެވްރިތިން ރެޑާއެކު ލިބިގަންނަމުންނެވެ.