ރޯދަ މަހެއްގައި ނަމަ އެންމެ ގިނައިން ބޭނުންކުރާ އެއް މޭވާ އަކަށް ވާނީ ކަރަ އެވެ. މިއީ އިސްލާމީ ހުރިހާ ގައުމެއްގައި ވެސް ރޯދަ މަހު އެންމެ ގިނައިން ބޭނުންކުރާ މޭވާގެ އެއް ބާވަތެވެ.

އަނގަޔަށް މީރު، ސިއްހަތަށް ފައިދާހުރި އަދި ރޯދަ ހިފާ މީހުންގެ ސިއްހަތަށް ވަކިން ފައިދާ ބޮޑު ކަރާގައި ގިނަ އަދަދަކަށް އޮށް ހުރެ އެވެ. އޮށް ނުހުންނަ ކަރާ ވެސް ހުރެ އެވެ. އެކަމަކު އެއީ އާންމު އެއްޗެއް ނޫނެވެ.

ނިއުސް 24ގެ މި ވީޑިއޯގައި އެ ވަނީ ކަރަޔަކުން އޮށްތައް ފިލުވާލުމަށް ބޭނުންކުރެވިދާނެ ވަރަށް މޮޅު އަދި ފަސޭހަ އުކުޅެކެވެ. ކަރާގެ ބޭރުގައި ހުންނަ ރޮނގުތަކަށް ބަލާށެވެ. ފެހި ކުލަ ގަދަ ރޮނގުތަކަކާއި ކުލަ މަޑު ރޮނގުތަކެއް ހުންނާނެ އެވެ. ކުލަ މަޑު ރޮނގުތަކަކީ ކަރާ ފޮތިކުރަން ޖަހާފައި ހުންނަ ފާހަގަތަކެއް ފަދަ އެވެ. އެ ރޮނގުތަކުގެ މަތިންވާ ގޮތަށް ކަރާ ފޮތިކޮށްފި ނަމަ ކަރާގެ އޮށްތައް ހުންނާނީ ހާމަޔަށް، ކަހާލާފައި ނެގޭ ގޮތަށެވެ.

ވަގުތު ނެތިގެން އުޅޭއިރު މިއީ ވެސް ބޭނުންކޮށްލެވިދާނެ އުކުޅެކެވެ.