27 ފެބުރުއަރީ 2022 - 06:19

އެކްޓަރު އަރްޖުން ކަޕޫރުގެ ކޮއްކޮ އަންޝުލާ ކަޕޫރް އޭނާގެ ބަރުދަން ވަރަށް ބޮޑަށް ލުއިކޮށްލައި، ސަޕޯޓަރުން ހައިރާންކޮށްލައިފި އެވެ.
ބޮލީވުޑްގެ ފިލްމު ޕްރޮޑިއުސަރު ބޮނީ ކަޕޫރާއި ކުރީގެ ޓީވީ ޕްރޮޑިއުސަރު މޯނާ ސޫރީގެ ކައިވެންޏަށް ލިބުނު އެންމެ ހަގު ދަރިއަކީ އަންޝުލާ އެެވެ.
ފިލްމީ އާއިލާއަކަށް އުފަން، މިހާރު އުމުރުން 31 އަހަރުގެ އަންޝުލާ އަކީ އެ އާއިލާގައި ފިލްމީ ދާއިރާއިން ކުރިއަށް ދިއުމުގެ ޝައުގުނެތް އެކަކެވެ.
އެކަމަކު އެ އާއިލާގެ ތަރިންނަށް އޮންނަ ލޯބި ސަޕޯޓަރުންގެ ފަރާތުން އަންޝުލާ އަށް ވެސް ލިބޭ އިރު އޭނާގެ ދިރިއުޅުމުގެ ކަންކަން ބަލަން ޝައުގުވެރިވާ އެތައް ބަޔަކަށް މިވަނީ ވަަރަށް ބޮޑު ހައިރާން ކަމެއް ލިބިފަ އެވެ.
ކުރިން ތަންކޮޅެއް ފަލަކޮށް އަންޝުލާ ހުއްޓަސް، އޭނާ އިންސްޓަގްރާމްގައި އެންމެ ފަހުން އާންމުކުރި ފޮޓޯއިން އޭނާ ވަރަށް ބޮޑަށް ހިކިފައި ހުރިކަން އެނގެ އެވެ. އެކަމަކު އޭނާގެ ބަރުދަނުން ލުއިކޮށްލީ ކިހާވަރަކަށް ކަމެއް ނުބުނެ އެވެ.
މޫނު މައްޗާއި މުޅި ހަށިގަނޑުން ވެސް ހިއްކާލާފައިވާ އިރު، ފޮޓޯ އާންމުކުރުމުން އޭނާގެ އާއިލާގެ ބައެއް މީހުން ވެސް ވަރަށް ރީތި ކަމަށް ބުނެ ކޮމެންޓްކުރި އެވެ. އަދި ސަޕޯޓަރުން ވެސް އޭނާގެ ހިތްވަރަށް ތައުރީފު ކުރި އެވެ.
ބައެއް މީހުން ސުވާލު އުފެއްދީ އަންޝުލާ ވެސް ފިލްމީ ދާއިރާ އަށް ނިކުންނަން އުޅެނީތޯ އެވެ. އެކަމަކު އެ ދާއިރާ އަށް ވަނުމުގެ ޝައުގު އެއްވެސް ވަރަކަށް ނެތް ކަމަށް އަންޝުލާ ކުރިން ވަނީ ބުނެފަ އެވެ.
އަންޝުލާގެ ބޭބެ، އަރްޖުން ކަޕޫރަކީ ވެސް ޒުވާން ދުވަސްވަރު ތަންކޮޅެއް ފަލަކޮށް ހުރި މީހެކެވެ. އެކަމަކު އޭނާ ވެސް ފިޓްވެ، ހަށިގަނޑު ރީތިކޮށްލީ ފިލްމީ މަސައްކަތައް ނިކުންނާށެވެ.